އަޅުގަނޑަކީ
ވެސް ރާއްޖެ ޒަމާނީ ޑިމޮކްރަސީގެ
ދޯނި ދުއްވަން ފެށީންސުރެން
އެދޯނީގައި އިން ދަތުރުވެރިއަކީމެވެ.
ފަޅުވެރި
އެއްނޫނެވެ.
ދޯނީގެ
ވެރިންގެ ތެރެއިންވެސް ވާ މީހެއްނޫނެވެ.
ނުވަތަ
އެ ދޯނި ދުއްވަމުން ދިޔައީ
ރަނގަޅަށްތޯ
ނުވަތަ ނޫންތޯ ބަލަމުން ދިޔަ
މީހުންގެ ތެރެއިން ވީމީހެއްވެސް ނޫނެވެ.
ކުރިން
ދެންނެވިހެން ހަމަ އެކަނި ދަތުރުވެރި
އެކެވެ.
މިހެން
މިދެންނެވީ އަޅުގަނޑުގެ ގަބޫލްކުރާގޮތުގައި
ރާއްޖޭގެ ޑިމޮކްރަސީގެ
ދޯނި މިހާ ހިސާބަށް އާދެވިފައި
މިހުރީ އެންމެހައި ރައްޔިތުންގެ
މަސަތްކަތުންނެވެ.
އެހެންވުމާއިއެކު
ދަތުރުވެރިންގެ
ހައްޤު ނުލިބެން ވީ އެއްވެސް ސަބަބެއް
އޮތް ކަމަކަށް އަޅުގަނޑު ނުދެކެމެވެ.
ރާއްޖެއިގެ
ޒަމާނީ ޑިމޮކްރަސީގެ ދޯނި ދުއްވަން ފެށީ
އަޅުގަނޑުގެ ފުރާވަރުގެ ދުވަސް ވަރުގައެވެ.
ނުވަތަ
ދަރުމަވަންތަ ސުކޫލް ގައި އަޅުގަނޑު
ސެކަންޑަރީ ތައުލީމް
ހާސިލް ކުރަމުން ދިޔަ ދުވަސް ވަރުގައެވެ.
ކަންދިމާ
ކުރިގޮތުން އަޅުގަނޑުގެ ކުލާހުގައި ތިބީ
ވެސް ހަލަބޮލި ، މޮޅެތި ކުދިންނެވެ.
އަދި
ރާއްޖޭގެ މަޝްހޫރު
އަދި އިލްމީ ގޮތުންވެސް ފުންނާބު އުސް
ބެފުޅުންގެ ކުދިންނެވެ.
އެހެން
ކަމުން އެކުދިން އެވާހަކަ ދައްކާ
ހަދައެވެ.
ނަމަވެސް
ސިޔާސި ނުވަތަ ޑިމޮކްރަސީ އަކީ
އަޅުގަނޑު މާފަރިތަ ނުވަތަ ދަންނަ
ކަންކަމެއް ނޫނެވެ.
ނަމަވެސް
އަޅުގަނޑު ވެސް ކުލާސް ކުދިންނާއެކު
އެވާހަކަ ތަކުގައި ބައިވެރިވެ ހަދަމެވެ.
މާ
ބޮޑު ތައުލީމެއް ނުވަތަ
އެއްޗިސްތަކެއް އެނގިގެނެއް
ނޫނެވެ.
ރާއްޖޭގެ
އެހެން މީހުންނެކޭ އެއްފަދަ އިންނެވެ.
ކުލާހުގެ
ގިނަ ކުދިންނާ ތަފާތުކޮށް،
އަޅުގަނޑާއި އަޅުގަނޑުގެ އެންމެ އެކުވެރިޔާ
ވީ އެވާހަކަތައް ދައްކާ
ދެމީހުންނަށް ވުރެއް
ބޮޑަށް އަޑުއަހާ ދެމީހުން ނަށެވެ.
ފަހަރުގައި
އަޅުގަނޑަމެން ނަށް ނޭގެނީ ތޯއްޗެކެވެ.