Wednesday, August 3, 2011

ފޭސްބުކުން " ލައިކް " އެށް ނުކޮށްގެން ކޮށްލި ވަރު


އަޅުގަނޑަށް ކޮޅުބުން ދިމާވި އަންހެން ރައްޓެއްސެކެވެ. ގާތް ރަށްޓިސެއްގެ ދައްްތަ އެއް ވެސްމެއެވެ. މަޖާ މިޒާޖެއްގެ ކުއްޖެވެސްމެއެވެ. ނަމަވެސް ޒީލަ ގަދަ ގޮތެއްް ހުރެދާނެ ދެއްތޯއެވެ. އެއީ އެހާ ބޮޑު ކަމެއްވެސް ނޫން ތާ އެވެ. އަޅުގަނޑެކޭ އެއްފަދައިން މި އަންހެން ކުއްޖާ ވެސް މަސްޙޫރު ފޭސްބުކްގައި އުޅެއެވެ. އަދި މި ކުއްޖާ ރައްޓިސް ވެގެން އުޅޭ ނުވަތަ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ފިރިހެން ކުއްޖާވެސް ފޭސްބުކުގައި އުޅެއެވެ.ކޮންމެއަކަސް ފިރިހެން ކުއްޖާގެ އުފަންދުވަސް ކައިރިވާތީ އަންހެން ކުއްޖާ އިންޓަރނެޓުން ހިތްހަމަ ޖެހޭ ވަރުގެ އީ ކާރޑެއް ދެތިން ދުވަހުގެ ބުރަ މަސައްކަތުން ހޯދައި ފިރިހެން ކުއްޖާގެ ފޭސްބުކްގެ ވޯލްގައި ރޭގަނޑުގެ ބާރަޖަހާއިރު ޕޭސްޓް ކޮއްފިއެވެ. ފިރިހެން ކުއްޖާގެ އެހެން ރަހުމަތްތެރިން ވެސް ވޯލްގައި އުފަންދުވަހުގެ ތަހުނިޔާ ލިޔަމުން ގެންދެއެވެ. އަދި ފިރިހެން ކުއްޖާ ޝުކުރު އަދާކުރުމުގެ ގޮތުން ފޭސްބަހުގެ ބަހުރުވައިން " ލައިކް " ކުރަމުން ގެންދެއެވެ. ނަމަވެސް މި އަންހެން ކުއްޖާގެ ލިއުމަކަށް " ލައިކް " އެށް ނުކޮށް ލިއެވެ. ނުފެނުނީ ކަމަށް ވެސް ވެދާނެ ތާ އެވެ. މިކަން އަންހެން ކުއްޖާއަކަށް ހަމަ އެށްގޮތަށް ކެއްްވާރުގެ ކަމަކަށް ނުވިއެވެ. ހަމަ އެކަނި ކެއްނުކުރެވިނީކީ ވެސް ނޫނެވެ. އަރައިގަން ރުޅިން ވަގުތުން ފޭސްބުކް ވޯލްގައި ލިއުން އެއްޗިސް ރިމޫމް ކޮށްލިއެވެ. އަދި ހަމަ އެވަގުތު ފޭސްބުކުން އެހެން ފިރިހެން ކުއްޖެއްގެ ނަމުގައި އެކައުންޓެށް ހަދިއި، ނުވިތާކަށް އެކުއްުޖާއެކު ރިލޭސަން ސިޕް އެށްގައި ކަމަށް ވެސް ޖަހައިފިއެވެ. ފިރިހެން ކުއްޖާ ހަމަ ވަނުވާގައެވެ. ރޭކާ ލީވެސް މާފަހުން ނެވެ. ބޮޑުވަރު ދެށްތޯއެވެ؟ ނޫނީ ހަމަ ލޯބީގެ ވައްތަރެއް ބާއެވެ؟ އާއެކެވެ. ލޯތްބަކީ ފާޑެއްގެ އެއްޗެކެވެ. އެކަމަކު ވެސް ދެއްތޯއެވެ. ފޭސްބުކުން " ލައިކް " އެށް ނުކޮށް ލިޔަސް އެވަރު ކޮށް ލަން ނުވާނުން ތޯއެވެ.