Sunday, July 22, 2012

ކޮލެޖް ކުދިންނާ ދީމާވީ މިހެންނެވެ ...2

އަޅުގަނޑުގެ ފަހަތުން ކްލާހަށް ސޮރަކު އައިސް ވަންތަންފެނުނެވެ. ވީއުފަލެއްވެސް ނޭންގުނެވެ. އެއްގޮތަކަށްވެސް ނުބައި މާނައެއް ނުނަންގަވައްޗެވެ. ދަންނަ ރަހުމައްތެރިއެކެވެ. ކުރީގެ ކްލާސް ވެސް ކުއްޖެކެވެ.މަސައްކަތުގެ ދާއިރާގައިވެސް ދަންނަ ރަހުމަތްތެރިއެކެވެ. އެހެން ގޮތަކަށް ބުނަނީނަމަ އެއްޗެތި އެއްޗެތީގެ އަގު ބަލަން ވަރަށް ޝައުގުހުންނަ ރަހުމަތްތެރިއެކެވެ. ފަހަރުގައި އުޅެފަހުރި ދާއިރާގެ ސަބަބުން އެޝައުޤު ހުންނަނީ ކަމަށް ވެދާނެއެވެ.

އެއީ އިބޫ އެވެ.މަޖާ މިޖާޒެއްގެ ރަޙުމަތްތެރިއެކެވެ. އަދި ގާތް މީހުންނާ ދިމާކޮށް ހެދުމުގެ ވެސް ނަމޫނާ އެކެވެ. ކޮންމެއަކަސް އަޅުގަނޑުމެން ދެމީހުންގެ ވަރަށް އެއްގޮތް ކަންތައްތަކެއް ހުރެއެވެ. ހަމަ ޔަޤީނުންވެސް އައިސް ތިބި އެޑްވާންސް މެތްސް ކްލާހަކީ ދެމީހުންވެސް އިންތިހާ ދަރަޖައަށް ފޫހިވާ ކްލާހެކެވެ. ކުރުކޮށް ދަންނަވަންޏާމުން ކޮލެޖުން އެންމެ ފަހުވަގުތު ބޮލުގައި އެޅުވި ބޮޑު ދުއްތުރާއެކެވެ. މިހެން މިދެންނެވީ ކުރިން އެމާއްދާ ކިޔަވަން ޖެހޭނެ ވާހަކައެއް ނުބުނެއެވެ. ކޮންމެއަކަސް ކްލާހުގައި ލެކްޗާރ ކުރިއަށްގެންދާތީ ދެމީހުންގެ ވާހަކަތައް މަދުކޮށްލީމެވެ. ހިވާގޮތުން ކިތަންމެ ގިނައިރަކުވެސް ކިޔަވައި ދިފާނެއެވެ. ލެސަން ގެންދަނީ ނުހަނު ފޯރީގައެވެ.

Monday, July 16, 2012

މިގަލަމުން ތި ހަދާން ...

 
މިގަލަމުން ނޫންނަމަ މިދުލުން މާމަގެ ވާހާކަ ދައްކަން އޫޅޭތާ އެތަކެއް ދުވަހެއް ވެއްޖެއެވެ. ނަމަވެސް ކުރާނީ ކީއްތޯއެވެ. ގަލަމުގައި ދެލި ހުއްޓަސް، އަތުގައި ނުވަތަ ސިކުނޑީގައި އެ ހިއްވަރު ނެތިޔާމުން ކުރާނީ ކީއްތޯއެވެ. މާމާއެވެ. ހަމަ ޔަޤީނުންވެސް ތިޔަ ދިޔައީ އަޅުގަނޑުމެން ރޮއްވާފައެވެ. މާމަ ނެތުމުގެ އިހުސާސް އަޅުގަނޑުމެން ކުރަމުއެވެ. އަދި އަބަދުވެސް ކުރާނަމެވެ. ތިޔަހަދާނުގައި މި ލޯތަކުން ކަރުނައިގެ އަސަރު ތާ އަބަދުހުއްޓަކަސް، އަޅުގަނޑުމެން މާމައަށްޓަކައި އުފާކުރަމެވެ. ތިޔަ ދިޔައީ މާމައެއްގެ ވާޖިބު ވަރަށް ފުރިހަމަ ގޮތުގައި އަދާކޮށްފައެވެ. މިހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ. އެހެނީ ހަނދާންހުންނަން ފެށީންސުރެއް މާމައަކީ ދިނީ ކަންކަމަށް ލޯބި ކުރާ އަޅުކަމުގައި ވެސް އުޅުއްވި މާމަ އެކެވެ. ރައްޓެހިންނަށް ކާމޭހިތި މާމައެކެވެ. އަދި ރިވެތި އަޙްލާޤަށް ލޯބި ކުރި، އޫސޫލްތަކެއް ގެންގުޅުއްވައި އެ އުސޫލްތަކުގައި ހިފެހެއްޓެވި، ތިއައީ އަޅުގަނޑުމެންގެ މާމައޭ ބުނަަަނަން ފަޚްރުވެރިވާ މާމައެކެވެ. އެހެންކަމުން ކުރާނެ ޝަކުވާއެއް ނޫނީ ހާކާނެ ބޮޑަލެއް މިއަދަކު ނެތެވެ.

Tuesday, July 10, 2012

ކޮލެޖް ކުދިންނާ ދީމާވީ މިހެންނެވެ ...1



ތައުލީމް ހާސިލްކުރުން ނުވަތަ ކޮލެޖް ގުރެޖްއޭޓްއަކަށް ވުމަކީ ކޮންމެ ކުއްޖަކުވެސް ބޭނުންވާނެ ކަމެކެވެ.ނޫންނަމަ ޒަމާނަށް ބަލަންޔާ ވާޖިބެކޭ ވެސް ބުނެވިދާނެއެވެ. ހަމަ އެއާއެކު ކޮލެޖްގައި ކިޔަވަމުން އެދާ ދުވަސްތަކަކާއި އެދިމާވާ އެކުވެރިންނަކީ ވަރަށް މުހިންމު ބައެކެވެ. އަދި ޒަމާންތަކަކަށް އަޅުގަނޑުމެން ދައްކާނެ ވާހަކަތަކެކެވެ. ނޫންނަމަ އަޅުގަނޑުމެންގެ ދަރިން ނުވަތަ ކާފާ މާމަ ދަރިންނަށް ކިޔައިދޭން ރައްކާކުރާ ވާހަކަތަކަށް ބައެއްފަހަރު ވެފައިހުރެއެވެ. މިހެންދެންނެވިޔަސް އަޅުގަނޑު މިދެންނެވި ގޮތަށް ކަންތައްކުރާ ހިތެއްނުވެއެވެ. ސަބަބަކީ އަޅުގަނޑު މުސްކުޅިވުމުން ދުވަސްތައް ހޭދަކުރާ ހިތްއޮތީ ބަސްމަދުކޮށް އަދި އަމަލު ގިނަކޮށެވެ. އެއްވެސް ހާލެއްގައި ކާފަދަރިއަށް " އަނގަ ގަދަ ކާފަ ގަނޑެކޭ " ބުނުމުގެ ފުރުސަތު ދޭކަށް ގަސްތެއް ނުކުރަމެވެ.

އަޅުގަނޑަކީވެސް ކުޑައިރު ބައްޕަ ކިޔާދެއްވާ ވަހާކަތަކަށް ސަމާލުކަން ދޭމިހެއްކަމުން، ހިވާގޮތުގައި އަޅުގަނޑަށް ލިބޭ ކުދިން ގައިގަވެސް އެ ޝަޢުގުވެރިކަން ހުރެދާނެހެނެވެ. ސަބަބަކި އެބޭފުޅުން ބުނާހެން " އަލަގަހަކުން ކެޔޮނިރެއް ނުފާޅާނެއެވެ". ނޫންނަމަ ލިބޭ ކުދިންގެ ސިޔާސަކަމުން އެކުދިންނަށް ވާހަކައެއް ކިޔަދޭން އެދުމުން، ވާހަކަ ނުކިޔާދީގެން އަޅުގަނޑުގެ މުންޑުގަނޑަށް ދާމައި ބޭލިޔަ ނުދިނުމުގެގޮތުންނާއި އެކުދިންނަށް އެވާހަކަ ނުކިޔާދީގެން އަޅުގަނޑުގެ މުސްކުޅި އުމުރުގައި އަނބިކަބަލުން ކޮޓިރިއަށް ނުވައްދައިގެން ސިޓިންގްރޫމުގައި ނުވަތަ ގެއިންބޭރުގައި ނިދަަން ޖެހިދާނެއެވެ. މިހެން މިދެންނެވީ ގިނަފަހަރަށް އާންމުދިރިއުޅުމުގައިވެސް މިއުޅެނީ އެކަބަލުންގެ މޫޑް ހުންނަގޮތް ނޭގިގެންނެވެ. އެހެންކަމުން އަދި އުމުރުން ދުވަސްވީމަ ވާނެގޮތް ނުވަތަ ކޮއްލާނެވަރެއް ނޭންގޭނުންތޯއެވެ؟. ވުމާއެކު ކުރިން ދެންނެވި ސަބަބުތަކަކައްޓަކައި، ބަސްމަދުކޮށް އަދި އަމަލު ގިނަކުރުމުގެ ގޮތުން " އެކުދިންނާއި ދިމާވި ގޮތް " ކުރީބައިގައި ލިޔެލާނަމެވެ.

ބަސްބުނުމުގެ ކުރިން ބަހަކީ އަހަރުމެންގެ އަޅެކެވެ. ހަމައެއާއިއެކު ބަސްބުނުމަށްފަހު އަހަރުމެންނަކީ ބަހުގެ އަޅެކޭ ބުނާތީ އަހަމުއެވެ. އެހެންކަމުން ކޮލެޖް ކުދިންނާ ދިމާވީ މިހެން ލިޔަމުން ދާއިރު އެ ރަހުމަތްތެރިންގެ އަސްލު ނަމުގެ ބަދަލުގައި ބޭނުންކުރަން ގަސްތުކުރަނީ އެހެންނަމެކެވެ.

ފުރަތަމަ ދުވަހު ކޮލެޖަށް ވަދެގެން ދިޔައިރު ފުރަތަމަވެސް އަޅައިގަތީ ކުލަގަދަ ރިތީ ކަމެއްގައެވެ. އެކަން ވާނިީ ވެސް އެހެންނޫން ތޯއެވެ.ރީތި ހަމަ ރީތީ އެވެ. ކޮންމެއަކަސް ފުރަތަމަދުވަހު ކްލާހަށް ގަޑި ޖެހިގެން ދާކަށް ނުވާނުންތޯއެވެ. އެހެންކަމުން އަބަދުވެސް ހަދާހެން ރީތި ރީތި ގޮތުގައި ދޫކޮށްލާފައި ކްލާހަށް ދިއައީމެވެ. އެހާކުރިން ދިޔައިރުވެސް ކްލާހުގައި ސާޅީހަކަށް ކުދިން ތިއްބެވެ. ކްލާހަކަށް ކުރިއަކަށް ނާދެވުނެއްނޫންހޭ ހިތަށް އެރިއެވެ. އެއިރުގައި ލެކްޗަރާވެސް ހުރީ ކްލާހަށް ދުރުވެއެވެ. ލެކްޗަރާ ފެނިފައި ނަސީބެކޭ ހިތަށް އެެރިއެވެ. އެހެންހިތަށް އެރީ އެއްގޮތަކަށްވެސް ލެކްޗަރާއަކީ ފިރިހެނަކަށް ވީމައެއްނޫނެވެ. ލެކްޗަރާއަކީ ހަމަ އަންހެން ބޭފުޅެކެވެ. ނަމަވެސް ކުޑަތަންކޮޅެއް އުމުރުން ދުވަަަސްވެފައި ހުރީއެވެ. ނޫންނަމަ ޅައުމުރުހެން ލެކްޗަރާ ވެސް ހުރަހަކަށްވުން ހަމަގާތެވެ. ނަމަވެސް ނަސީބަކުން އެ ކުލާހަކީ މެތްސް ކްލާހެކެވެ. އެހެންކަމުން އެ ލެކްޗަރާ ހުރަހަކަށްވާނެ ހަމަ އެއްގޮތެއް ވެސް ނުހުންނާނެއެވެ. ސަބަބަކީ ފެށުނީއްސުރެއްވެސް މެތްސްއަކީ ހަމަ ބޮޑުވެގެންވާ ހަތުރެކެވެ. ކޮންމެއަކަސް ކްލާހުގެ އެންމެ ފަހަތުގައި ފޫހިކަމާއެކު ގޮސް އިށީނީމެވެ.

ވަށައިގެން ކްލާސްތެރެއަށް ބަލާލީމެވެ. ދަންނަ މީހަކު ފެންނާކަށްނެތެވެ. ނަމަވެސް ޤައުމު ކުދިން ތިބިހެންހީވެއެވެ. ލެކްޗަރާ ކިޔާ އެއްޗަކަށް ހަމަ އެއްގޮތަކަށްވެސް ސަމާލުކަންދެވޭ ވަރެއްނުވިއެވެ. މެތްސްއަކީ އެންމެ ކުރިންވެސް މަކަރު ހަދާ މާއްދައެކެވެ. އަދި ބޮޑުވެގެން މަކަރުހަދަން ދަސްވީމާ ކިހާ މަކަރެއް ހަދާލެވޭނެ ނޫންތޯއެވެ. ކޮންމެއަކަސް އަޅުގަނޑުގެ ފަހަތުން ކްލާހަށް ސޮރަކު އައިސް ވަތްތަންފެނުނެވެ. ވީއުފަލެއްވެސް ނޭންގުނެވެ. އެއްގޮތަކަށްވެސް ނުބައި މާނައެއް ނުނަންގަވައްޗެވެ. ދަންނަ ރަހުމައްތެރިއެކެވެ. ކުރީގެ ކްލާސް ވެސް ކުއްޖެކެވެ.މަސައްކަތުގެ ދާއިރާގައިވެސް ދަންނަ ރަހުމަތްތެރިއެކެވެ. އެހެން ގޮތަކަށް ބުނަނީނަމަ އެއްޗެތި އެއްޗެތީގެ އަގު ބަލަން ވަރަށް ޝައުގުހުންނަ ރަހުމަތްތެރިއެކެވެ. ( ނުނިމޭ )