Sunday, July 17, 2011

ދޯނީގައި އޮތް ގިޓާ !!!!



އަޅުގަނޑުގެ އެންމެ ގާތް ރަޙްމަތްތެރިޔާގެ ކޮއްކޮއަށް ދިމާވި ތަފާތުކަމެއް ހިއްސާކޮށްލާނަމެވެ.އޭނަައަކީ އުތުރުގެ އަތޮޅަކަށް ނިސްބަތްވާ މީހެކެވެ. ރަޙްމަތްތެރިޔާގެ ކޮއްކޮ ފައިޒަން (އަސްލުނަމެއް ނޫން) ގޭގައި ހުއްޓާ ފޯނެއް އައެވެ. ފޯނަށް ޖަވާބު ދިންއިރުގައި ރަށު ސުކޫލްގައި އެއްކުލާހުގަ އުޅުނު ރަށްޓިއްސެކެވެ. ބަހުސާނެވެ. ( އަސްލުނަމެއް ނޫން) ކަމެއްކޮށްދިނުމަށް އެދިއެވެ. މިހާރު މާލޭ ފަޅުގައި އެރަށު ބޯޓެއް އޮންނާނެ އޭ ބުންޏެވެ. އޭގައި ގޯންޏަކަށްލާފައި ގިޓައެއް އޮންނާނެއެވެ. އެ ގިޓާ ގޭގައި ބާއްވައިދިނުމަށް އެދުނެނެވެ. އަދި ދެދުވަސް ފަހުން ރިސޯޓް ގައި ހުރި އޭނަގެ ބޭބޭ ނުއުމާނު ( އަސްލުނަމެއް ނޫން) އޭތި ބަލާ އައުމުން ހަވާލުކޮށްދިނުމަށެވެ. ގިޓައެއްކަމުން ފައިޒަން އާނއެކޭ ބުންޔެވެ. ގިޓަޔަކީ އޭނަވެސް ވަރަށް ކުޅޭހިތްވާ އެއްޗަކަށްވެފައި ރަޙްމަތްތެރިއެއްގެ އެއްޗަކަށް ވީތީ ކުޅެލަންވެސް ލިބޭނެތީ މާ ލަހެއްކުރާކަށް ނެހެދިއެވެ. ފޯން ބޭއްވުމަށްފަހު ފަޅުގައި އޮތް ރަށު ބޯޓަށް ދިޔައެވެ. ބޯޓްގެ ނެވިމިހާ ކައިރިން ރަޙްމަތްތެރިޔާގެ ގޭގެނަން (ބަޑިލާގެ) އިން ފޮނުވިއެއްޗެއް އެބަހުރިތޯ ސުވާލުކުރިއެވެ. ނެވިމީހާ ބުރަކޮށް އުޅެތީވޭ ބޯޓުގެ ވަތް ބަލާލަބަލާށޭ ބުންޏެވެ. ވަރަށް މަސައްކަތުން ގޯންޏަކަށް ލާފައިއޮތް ގިޓައެއް ފެނިއްޖެއެވެ. އެހެންކަމުން ގޯނި ހިފައިގެން ޖެޓީ މައްޗަށް ފޭބިތަނުން އެހެން ކުދިބަޔަކު ތީ ތިމަންނަމެންގެ ގިޓައެކޭ ބުންޏެވެ.

އަރުލަމްގެ އައްޑޫ ދަތުރު -1


ދަތުރުކުރަން އެހާ ގަޔާނުވިނަމަވެސް މާލެގައި ކިޔަވަން އުޅެންފެށި ދުވަސް ވަރުންފެށިގެން އައްޑު އަތޮޅަކީ ރާއްޖެއިގެ ގިނަ މީހުންހެން އަޅުގަނޑުވެސް ދާހިތްވާތަނެކެވެ. ތަފާތު ސަބަބުތަކާހެދިވެސްމެއެވެ. ދޫދޫމަތިން އިވޭ ތަފާތު ގިނަ ވާހަކަތަކުން ކަމަށްވެސް ވެދާނެއެވެ. ނޫނީ ރަށްތަކުގެ ބޮޑުކަމާ، ކުޅިތަކުގެ ވާހަކަޔާއި، ދަނޑުވެރިކަމުގެ ވާހަކަ ކަހަލަ ތަފާތު ޝައުޤުވެރިކުރުވަނިވި ވާހަކަތަކުން ކަމުގައިވެސް ވެދާނެއެވެ. އެހެންކަމުން މިހެން އުޅުނިކޮށް އައްޑުއަށާއި ފުވައްމުލަކަށް، އޮފީހުގެ ފަރާތުން އެރަށްތަކުގައި މަސައްކަތް ތަކެއްކުރުމަށްޓަކައި ހަތަރުވަރަކަށް ދުވަހަށް އެރަށްރަށުގެ ބައެއް މީހުންނާއި ބައްދަލުކުރުމަށްޓަކައި އަޅުގަނޑާއި އޮފީހުގެ ބޮޑުމީހާ ދެކުނަށް ދިއުމަށް ހަމަޖެހިއްޖެއެވެ.

ބޮސްގެ ނައިފަރު ސަފަރު ނާމާ

ހަމަޔަގީނުންވެސް އަޅުގަނޑު ޅ.އަތޮޅު ނައިފަރުދަންނަނީ ރާއްޖޭގެ ގިނަމީހުން ދަންނަހެންއަބުދުﷲ މޫސާ ގެ ފަރާތުންނެވެ.އެންމެންގެނަމުން ނަމަ ނައިފަރު ދޮހޮއްކޮބެގެފަރާތުންނެވެ.މިދެންވީއެރަށަކަށް އަޅުގަނޑުމެން އެންމެންދަންނަ އަލްމަރުހޫމް ނައިފަރު ދޮހޮއްކޮބެނިސްބަތްވާ ރަށް ކަމަށް ވާތީއެވެ.ދެން އިތުރުތާޢާރަފެއް ނުދެއްވިޔަސް ފުދޭނެނޫންތޯއެވެ.؟ނަމަވެސް ދެވަނަ ސަބަބެއްވެސް ނުލިޔެދޫކޮށްލުމަކީ ހަމަ ޔަގީނުންވެސްއަޅުގަނޑުގެ އެންމެ އެކުވެރި އެއްމިތުރަށް ބުނެވޭނެ ނުބައިމީސް ބަހަކަށްނުނީ ނުވެނުދާނެކަން ހަމަ ޔަގީނެވެ.އާންމުނަމުންނަމަ އިއްބެ، އަޅުގަނޑުމެންގެނަމުން ނަމަ "ނައިފަރި ޔާނޯ" ގެޅަދުވަހުގެ ރަށުގެ އިތުރުން އެބޭފުޅާގެމަންމާފުޅު އެރަށަކަށް ނިސްބަތްވާރަށްކަމަށް ވާތީއެވެ.