ކޮށްކޮ
އައިޑީ ކަޑެއް ބަލަން ހުރެފާ މަރިޔަމް
ހަސަން ކަލޭފާނު އޭއި ކާކުތޯ
އެހިއެވެެ.އަޅުގަނޑު
ނޭގެއޭ ބުނީމެވެ.ހަމަ
ބުނުމާއެކު އަޅުގަޑަސް ސާބަަސް
ދިނެވެ.އަދިއޭ
" ތިއްތަ
" އޭބުންޔެވެ.ތެދެކޭ
އެނަންބުނުމުން އަޅުގަނޑަށް ނޭގުމަކީ
މައްސަލައެކެވެ. އަދި
އެނަން ހަދާންނެތެންވި ސަބަބެވެސް
އޮވެގެންނުވާނެއެވެ.ނަމަވެސް
އެބުންއްވި ނަމަކީ އަޅުގަނޑު ދުވަހަކު
ކީނަމެއް ނޫނެވެ.އަބަދުވެސް
އެނަމުގެ ބަދަލްގައި ކިޔާއުޅެނީ "
ތިއްތަ"
އެވެ.ސަބަބު
ތަކެއްވެސް އަބަހުއްޓެވެ.މިދަންނަވާ
ބޭކަބަލަކީ އަޅުގަނޑާ އައިލީ ގޮތުންވެސް
ގުޅުހުންހުރި ބޭކަބަލެކެވެ.އެއްވުރެން
ބޮޑަށް އެއީ އެންމެެންގެ ތިއްތައެވެ.އުރިހާ
ބޭފުޅުނެްވެސް ކިއާ އުޅެނީ "ތިއްތަ"
އެވެ.
ތިއްތަ
އަޅުގަޑަށް މުހިންމުވަނީ ހަމަ އެކަނި
އާއިލީ ގޮތަކުން ނޫނެވެ.ތަފާތު
އެތަށް ގޮތަކުންނެވެ.ހާސަކޮން
އަޅުގަނޑު ތައުލީމަށް މިކުރާ ދަތުރުގައި
އެންމެ ކުޑަ އިރުއްސުރެން ހިއްވަރު
ދެއްވާ ވާނުވާ ބަލާ ބޭކަބަލެއްގެ
ގޮތުންނެވެ. ނޫންނަމަ
އަބަދުވެސް އުންމީދީ މީހެއްގެ ގޮތުންނެވެ.
މިދެންނެވީ
އަޅުގަނޑަށް ތިއްތަ މިހިންމުވި ސަބަބުތަކުގެ
ތެރެއިން ބައެއް ސަބަބުތަކެވެ.އަދި
އެންމެ މިހިންމު ސަބަބު އޮތީއެވެ.ދެންއޮތީ
އެންމެ މިހިންމު ސަބަބެވެ.އެއި
ތިއްތައަކީ ތިރީހަށް ވުރެންގިނަ އަހަރު
އަޅުގަނޑުމެނެގެ ރަށުގެ އެތަށް ކުދިންނަކަށް
ގުުރުވާން އުގަންނައި ދެެއްވުމުގައި
މަށަށްކާށް ކުރަމުންދާ ހިއްވަރުގަދާ
އަނެހެން ބޭފުޅެކެވެ.ނަމަވެސް
ހިތާމައަކީ އެބޭފުޅުންގެ އަގުވަޒަން
މިހާތަނަށް އެއްވެސް ސިފައެއްގައި
ނުކުރެވިފަ ހުރީމަަައެވެ. މިލިއުން
ލިއަން މެދުވެރިވި އެންމެ ބޮނޑު
ސަބަބަކީވެސް ފަރުދީގޮތުން އެކަމަނާ
ކުރެއްވި އަދި ކުރަވަމުންގެންދާ އަގުހުރި
މާތް އަދި އިލްމީ މަސަކަތައް ސުކުރުދެނުވެމުވެ.
އަޅުގަނޑުމެން
ކުޑައިރު ދުވާލަކު މަދަވެގެން ދެފަހަރު
ގުރުވާން ކިއަވަން ތިއްތަ ކައިރިއަށް
ގޮސްހަދަމެވެ. ކިއެވުން
ފެސެނީ އަޅުގަނޑުގެ މަންމައިން ފަތިހު
ހަޅޭ ފަޅޭ ޖަހާފަ ކިއަވަން ދާހިސާބުންނެވެ.
އަޅުގަނޑު ދާއިރު ތިއްތަ
އަބަދުވެސް އިންނީ ބޮޑު ފަތިހާ ހޭލައެވެ.އާމު
ދިރުއުޅުމުގައި ކުރަން ހުރި މަސައްކަތިގައެވެ.
ނަމެވެސް ބަރާބަރަށް ކިއަވައި
ދެމުންގެދެއެވެ. ފަތިހު
އެެތަކެއް ކުދިންނަށް ބަދިގޭގައި އިދެގެން
ކިއަވައި ދިނީ ކިތަށް ދުވަހުކަމެށް
ދަންނވަނެް ނޭގެއެވެ. ނޫންނަމަ
އަޅުގަނޑު ކަހަލަ ބޯހަރު އެތައް ކުދިންނަށް
ކިއަވައި ދެމުން އަންދާ ނުލާ ފިހުނީ
ކިތަށް ރޮށިކަމެއްވެސް ނޭގެއެވެ،
ވިރުވާނުލާ އިސްތިރުކުރި ކިތަށް
ހެދުންކަމެއް ދަންނަވާކަށް ނޭގެއެވެ.
ބަލިވެ އުޅެމުން ކިއަވައި
ދިނީ ކިތަށް ދުވަހުކަމެއްވެސް ނޭގެއެވެ.
ދަންނަވަން
އެގޭ ހަަވެސް އެއްޗަކީ ތިއްތަ އަކި އެތަށް
ދުވަހެއްވަންދެން ހިދުމަތްކުރި އަދި
ހިދުމަށްކުރަމުންދާ ހިދުމައްތެރި
އެކެވެ.މާތް މަސެއްކަތެއް
ދިރުވަމުންދާ ހިދުމަތްތެރިއެކެވެ.އެތަށް
ސަތޭކަ ކުދިންނަށް ކީރިތި ގުރުވާން
އުގަންނައި ދެއްވި އަންހެން ބޭފުޅުނަށް
ހުރި ނަމޫނާ ފަހުލަވާނެކެވެ.އެހެންކަމުން
އެކަމަނާއަށް ފަރުދީގޮތުން އަދާކުރަންޖެހޭ
ސުކުރު އަދާކުރަމެވެ.އަދި
ތިކުރާ ބުރަ އަދި މާތް މަސައްކަތަށް
ސާބަސް ދަންނަވެމެވެ.މާތް
ﷲ ތިއްތަ ކުރަމުން ތި ގެންދަވާ މަސަތްކަތަށް
ބަރަކާއް ލައްވާ އިތުރު ކާމިޔާބީއަށް
އެދެމެވެ.އަދި ދުޅަހޮެޔޮ
ސިއްހަތަކަށް އެދެމެވެ.