އަޅުގަނޑުގެ
ފަހަތުން ކްލާހަށް ސޮރަކު އައިސް
ވަންތަންފެނުނެވެ.
ވީއުފަލެއްވެސް
ނޭންގުނެވެ.
އެއްގޮތަކަށްވެސް
ނުބައި މާނައެއް ނުނަންގަވައްޗެވެ.
ދަންނަ
ރަހުމައްތެރިއެކެވެ.
ކުރީގެ
ކްލާސް ވެސް ކުއްޖެކެވެ.މަސައްކަތުގެ
ދާއިރާގައިވެސް ދަންނަ ރަހުމަތްތެރިއެކެވެ.
އެހެން
ގޮތަކަށް ބުނަނީނަމަ އެއްޗެތި އެއްޗެތީގެ
އަގު ބަލަން ވަރަށް ޝައުގުހުންނަ
ރަހުމަތްތެރިއެކެވެ.
ފަހަރުގައި
އުޅެފަހުރި ދާއިރާގެ ސަބަބުން އެޝައުޤު
ހުންނަނީ ކަމަށް ވެދާނެއެވެ.
އެއީ
އިބޫ އެވެ.މަޖާ
މިޖާޒެއްގެ ރަޙުމަތްތެރިއެކެވެ.
އަދި
ގާތް މީހުންނާ ދިމާކޮށް ހެދުމުގެ ވެސް
ނަމޫނާ އެކެވެ.
ކޮންމެއަކަސް
އަޅުގަނޑުމެން ދެމީހުންގެ ވަރަށް އެއްގޮތް
ކަންތައްތަކެއް ހުރެއެވެ.
ހަމަ
ޔަޤީނުންވެސް އައިސް ތިބި އެޑްވާންސް
މެތްސް ކްލާހަކީ ދެމީހުންވެސް އިންތިހާ
ދަރަޖައަށް ފޫހިވާ ކްލާހެކެވެ.
ކުރުކޮށް
ދަންނަވަންޏާމުން ކޮލެޖުން އެންމެ
ފަހުވަގުތު ބޮލުގައި އެޅުވި ބޮޑު
ދުއްތުރާއެކެވެ.
މިހެން
މިދެންނެވީ ކުރިން އެމާއްދާ ކިޔަވަން
ޖެހޭނެ ވާހަކައެއް ނުބުނެއެވެ.
ކޮންމެއަކަސް
ކްލާހުގައި ލެކްޗާރ ކުރިއަށްގެންދާތީ
ދެމީހުންގެ ވާހަކަތައް މަދުކޮށްލީމެވެ.
ހިވާގޮތުން
ކިތަންމެ ގިނައިރަކުވެސް ކިޔަވައި
ދިފާނެއެވެ.
ލެސަން
ގެންދަނީ ނުހަނު ފޯރީގައެވެ.
ސިއްރު
ސިއްރުން އަންހެން އަޑަކުން ދެމީހަކު
ވަހަކަ ދައްކާ އަޑުއިވުނެވެ.
ކުރިން
ދެންނެވިހެން ފޫހި ކްލާހެކެވެ.
އަނެއްކޮޅުން
ވާހަކަ އެދައްކަނީ އަންހެން ދެކުދިންނެވެ.
އެހެންވީމާ
ކަންފަތް އެދިމާލަށް ދާނެވަރު ނޫންނަމަ
ޝައުޤުހުންނާނެވަރު ވިސްނާލަށްވާށެވެ.
އެދެކުދިން
ނުފެނުނަސް އަޑުގެ ޅަކަން ފާހަގަކުރެވުނެވެ.
އެހެންނަމަވެސް
ކިހާ އުމެެރެއްގެ ދެކުދިންކަމެއް
ދަންނަވާލާކަށް ނޭންގޭއެވެ.
އަޑު
ޅަަވެފައި ބަލާލަން ޒުވާންކޮށްތިބޭ
ބޭފުޅުން ގަދަ ތިރީހުގަވެސް
ތިބެއެއްނުންތޯއެވެ.
ރަނގަޅަށް
އަޑު އަހާލާނަމޭ ހިތަށް އެރިއެވެ.
އެއްގޮތަކަށްވެސް
އެހެންމީހުން ދައްކާ ވާހަކަ އަޑު އެހުމަކީ
ގޯސް އާދައެއްކަން މަންމަ ނުބުނެދެނީކީއެއް
ނޫނެވެ.
ހަދާން
ނެތުނީކީއެއްވެސް ނޫނެވެ.
އެހެން
ނޫންނަމަ އަޑު ނުވެސް އެހީމުހެވެ.
މިދެންނެވީ
އޭރު މަންމަ ބުނީ ”ކުޑަކުދިން“
ބޮޑެތިމީހުން ދައްކާ ވާހަކަ އަޑުއެހުމަކީ
ހަޑި ކަމެއް ކަމުގައެވެ.
ހަމަ
ޔަގީނުންވެސް ކޮލެޖަށް ކިޔަވަން ދާންފެށި
އިރުގައި އަޅުގަނޑު ހުރީ ފުރާފުރިހަމަވެ
އުމުރުންވެސް ބޮޑުވެފަކަން ޔަގީނެވެ.
އެހެންކަމުން
އަޑުއެހި ދާންނޫން ތޯއެވެ.
އަދި
އަޑުއެހިޔަސް އަޅުގަނޑު ހަޑި ކުއްޖެކަށް
ވާންވި ސަބަބެއްވެސް ނެތެންނޫންތޯއެވެ.
އަދި
ތިބޭފުޅުނެްވެސް އެގޮތަށް ނުވިސްނަވައްޗެވެ.
ކުލާހެއްގެ
ތެރޭގައި ވަގަށް ދެމީހަކު ވާހަކަ
ދައްކާއިރު އަޑު ހުންނާނެ ގޮތް
އިގޭނެނޫންތޯއެވެ.
އަދި
އަޑު އަހަން އުޅެންޖެހޭނެ ގޮތްވެސް
އިނގިލައްވާނެވެ.
ދެމީހުންތިބީ
ހަމަ ޔަގީނުންވެސް ބޮޑު ވާހަކައެއްގައެވެ.
މިހާރުގެ
ބަހުންނާނަމަ ”ގާރލްސް ޓޯކް “ އެވެ.
އެތަނުން
އެއްކުއްޖަކީ އަޅުގަނޑުގެ ޤައުމު
ކުއްޖެކެވެ.
މިހެންމިދެންނެވީ
އެކުއްޖާ ވާހަކަ ދައްކާ ރާގުންނާއި
ދައްކަމުން ދިޔަ ވާހަކައިންނެވެ.
އޭނަ
ހުންނަނީ އެކަނިކަމަށާއި އަދި އެނޫނަސް
ތަފާތު ވާހަކަތަކެވެ.
ސަހަރޯއޭ
ހިތަށްއެރިއެވެ.
އެހެން
ނުވާންވީ ސަބަބެއްވެސް ނެތެވެ.
މިއީ
ފުރަތަމަ ކްލާހެވެ.
އެކަކު
އަނެކަކާ ދިމާވިތާ އަދި މިވީ ސާޅީހަކަށް
މިނެޓެވެ.
އެހާ
އަވަހަށް ބޮޑު ވާހަކަ މިހުރީ ފަށާފައެވެ.
ފަހަރެއްގައި
އެހެންވެސް ވެދާނެެއެވެ .ލަންކާ
ކުދިންނަކީ ހިތްެހެޔޮ، ދިވެހިންނާ
ވަރަށް ގާތްގުޅުމެެއް ބާއްވާ ކުދިންތަކެކެވެ.
ކޮންމެހަކަސް
އެކުދިން އެދައްކާ ވާހަކަ ނޫންނަމަ
”ގާރލްސް ޓޯކް “ އަޑުއެހުން އެއީ ކުރޭވޭ
ވަރުކަމަކަށް ނުވިއެވެ.
ނުވިތާކަށް
އިނދެވުނީ ކުލާހެއްގައެވެ.
ކޮންމެވެސް
އެއްޗެއް ދަސްކުރަންވާނުންތޯ އެވެ.
ބްރޭކް
ގަޑި ޖެހުމުން ކްލާހުން ނުކުތީމެވެ.
އަދި
ނިކުމެގެން ދަމުން އެއްކަލަ ދެކުދިންނަށް
ބާލަވެސްލީމެވެ.
ސިއްޙަތުވެސް
ރަގަޅު ދެކުދިންނެވެ.
ޤައުމު
ކުއްޖާއަށް ބަލާލާފައި ހީލީމެވެ.
އެކަމު
އެކުއްޖާ ފެންނަކަމަށްވެސް ނުހެދިއެވެ.
ހީލަން
ނުވަތަ ނިއްއަރުވާލުންވެސް ކީއްތޯއެވެ.
ބައެއް
ކުދިން ބުނާހެން މިއުޅެނީ ފުރަތަމަ
ފަހަރަށް ފެނުނު ގޮތަށްް ލޯ***
ވިވިވާހަކަ
ބުނާކަށް ނޫންވިއްޔާއެވެ.
ނޫންނަމަ
ހީލުމަކީ ސޮދަގާތެއްކަން އަޅުގަނޑާއި
ތިޔަބޭފުޅުންނަށް އިގުނަސް އޭނާއަށް
ނޭގޭނީ ތޯއްޗެކެވެ.
ކޮންމެއަކަސް
ކްލާހުން ނުކުމެ ކެންޓީނަށް ދިޔައީމެވެ.
ދިވެހި
ކުދިންވެސް ފެނެއެވެ.
އެއްބަޔަކު
އަނެއްބަޔަކަށް ތާޢާރަފްވާތަންވެސް
ފެނެއެވެ.
ނަމަވެސް
އަޅުގަނޑާއި އިބޫ ދެމީހުން އެކަންޔެވެ.
އަޅުގަނޑާ
ތަފާތުކޮން އިބޫ އަކީ ހުދުކުލައިގެ
ކުޑަކޮށް ދިގުކޮށް ހުންނަ އެއްޗެއް
ބޯކުއްޖެކެވެ.
ދެން
އެހެން ގޮތަކަށް ބުނަނީނަމަ އަމަލުނުވާ
ނަމަވެސް ސިއްޙަތަށް ގެއްލުންހުރި
އެއްޗެއް ބޯކުއްޖެކެވެ.
ކޮންއެއްޗެއްކަން
އެނގިއްޖެ ދެއްތޯއެވެ.
ހައްތަހާވެސް
ސިއްޙަތަށް ގެއްލުން ހުރި އެއްޗެއްކަމުން
ނަން ނުކިޔަންވެގެން އުޅެނީއެވެ.
މިހެން
ބުނެގެން އިބޫ ފަހަރެއްގައި ހިތްހަމަނުޖެހުނަސް
ކުރާނެކަމެއްނެތެވެ.
ކޮންމެއަކަސް
އެ އެއްޗެއް އޭނާ ބޯން ވެއްޖެއެވެ.
އަޅުގަނޑުމެން
ތިބީ ޓެރަސް މަތީގައެވެ.
ނަސީބަކުން
ސެކިއުރީޓި ކެމަރާއެއްވެސް އެތަނަކު
ނެތެވެ.
ސިޑި
ގޮޅިމަތީގައި އިބޫ ހުރިއިރު މީހަކު
އަދޭތޯ ބަލަން ފާރައަށް އަޅުގަނޑު
ހުރީމެެވެ.
ހަމަ
ޔަގީނުންވެސް ކޮލެޖްގައި އެކަން ކުރުމަކީ
މަނާ ކަމެއްކަމަކަށް ވާނެއެވެ.
އެހެންނަމަވެސް
ކޮލެޖް މޭޓްއެވެ.
އަނެއްކާ
އެއަށްވުރެން މައްޗަކަށް އިބޫ ނުދާނެކަން
އެނގޭތީ އެއްބާރުލުން ދިނީއެވެ.
ކުއްލިއަކަށް
ފެނުނީ ސެކިއުރީޓީ ގާރޑް އަންނަތަނެވެ.
ކުއްލިއަކަށް
ތެޅިގަތީމެވެ.
އަދި
އިބޫ ކައިރީގައި އެވާހަކު ބުނީމެވެ.
ހެދި
ނެހެދިއެއް އަޅުގަނޑަކަށް ނޭންގެއެވެ.
ސެކިއުރިޓީ
ގާރޑް އައިރު އިބޫ ހުރީ ހަމަޖެހިފައެވެ.
އަދި
އޭނަ އައިސް ބަލާލާފައި ހިނގައްޖެއެވެ.
ފެނުނުނަމަ
ކުޑަކަކޫ ޖެއްސުވީސް ކަންނޭންގެއެވެ.
ނޫންނަމަ
ކަންފަތުގައި ހިފައިގެން ގެންގޮސް
އޮނުގަޑަކުން ތެޅީސް ތޯއްޗެކެވެ.
ކޮލެޖްގެ
ފަރަތަމަ ދުވަސްކޮޅު ދިޔައީ އަދާއިގެ
ގޮތަކަށެވެ.
އަޅުގަނޑު
އުންމީދު ކުރީ ވަަރަށް ތާފާތު ވާނެކަމަށެވެ.
ނޫންނަމަ
ވަރަށް ހެޕަނިންގް ވާނެކަމެށެވެ.
ނަމަވެސް
ކަންތައްތައް ދިޔައީ ވަރަށް ވެސް އާދައިގެ
ގޮތަކަށެވެ.
އެއްދުވަހަކު
އިބޫއަށް ކުއްޖެއްދެއްކީމޭވެ.
މިދެންނެވީ
އަންހެން ކުއްޖެެއް ދެއްކީމެވެ.
ދެއްކުމާއެކު
ރީތި ދޯއޭ އަހާލިއެވެ.
މި
ތަނުގައި އެސުވާލުގެ ޖަވާބުދޭން ކޮންމެވެސް
ވަަރަކަށް އުނދަގުލެވެ.
ސަބަބަކީ
އެދުވަހު އެބުނިގޮތަށް ޖަވާބު ދީފިނަމަ
ފަހަރެއްގައި ”
ކޮލެޖް ކުދިންނާ ދީމާވީ މިހެންނެވެ “
އިތުރަށް އަޅުގަނޑު ލިއުނަވެސް
ނުދިީފާނެވެ.
އެކަމަކު
ކުރުކޮށް ބުނެލާނަމެވެ.
އެމީހެއްގެ
ސަލާމަތް ހޯދާނީ އެމީހެއް ނޫންތޯއެވެ.
އަސްލުގަވެސް
އެކުއްޖޭ ވަރަށް ހިތްގައިމޭ ބުނީމެވެ.
ކުއްޖާއަކީ
ކޮލެޖް ރިސެޕްޝަންގައި އިންނަ
ކުއްޖެއްކަމުގައި އިބޫ ބުންޏެެވެ.
ތިޔަވީ
މާރަނގަޅަކަށް ނޫންހޭ އަޅުގަނޑު ބުނީމެވެ.
ނަމަވެސް
އިބޫގެ ޖަވާބު އައީ ވަރަށް ތަފާތު
ގޮތަކަށެވެ.
ތިމަންނަ
ތިކަމުން ސަލާމަތް ކުރާށޭބުންޏެވެ.
މަގޭ
ދިރިއޫޅުމޭ ބުންޔެވެ.
އާންމުކޮށް
އެކަހަލަ ޖަވާބު ދޭނީ މީހުންގެ ފިރިން
ދެއްތޯއެވެ.
އެހެންކަމުން
ދެވަނަ ފަހަރުވެސް ވަރަށް ފަ**ވާނެއޭ
ބުނީމެވެ.
އަނެްއްކާވެސް
ހަމަ އެކަހަލަ ރަނޑު ޖަވާބެއް ދިނެވެ.
އަދި
ތިމަންނަ އުޅެނީ މީހަކާ އިދެގެންނޭ
ބުންޏެވެ.
އަޅުގަނޑަށް
ގަބޫލްނުކުރެވިގެން ހިނގަޑެއް ޖަހާލީމެވެ.
ގަބޫލުކުރެވޭނީ
ކިހިނެއްތޯއެވެ؟ ވިންގްމޭން މިއުޅެނީ
މީހަކާ އިދެގެނެވެ.
ކޮލެޖްގެ
ފުރަތަމަ ދުވަސްކޮޅުކަމުން އަޅުގަނޑުގެ
މާގިނަ ރައްޓެހިންތަކެއް ނެއްކަމުން
މާކަގިނަ ރައްޓެހިންތަކެއް ނުތިބެއެވެ.
ނުވިތާކަށް
އެބުނީ މިހަކާ އިދެގެން އުޅޭ ވާހަަކައެވެ.
ވަގުތުން
އަޅުގަނޑުގެ ބޯ ތުނިކޮށް ކޮށާލަންވެސް
ހިތަށް އެެރިއެވެ.އެހެންވާނުންތޯއެވެ.
ގާތްގަޑަކަށް
އުޅެން މިޖެހުނީ އުމުރާެއެއް ގައެވެ.
އެއްޗެކޭ
ހީނުކުރަށްވައްޗެވެ.
”އުމްރާ
“ އެއީ އަޅުނގަޑުގެ ހާލަތު ސިފަކޮށްދޭން
ބޫނުންކުރި ބަހެކެވެ.
އާނއެކެވެ.
ހަޤީގަތުގައިވެސް
އިބޫ އުޅެނީ މީހަކާ އިދެގެންނެވެ.
ނުވިތާކަށް
ކޮޅުބަށް އައީ އަނބިކަނބަލުންނަށްވެސް
ކިޔަވައިދޭން ގޮވައިގެނެވެ.
ފަހަރެއްގައި
ދިރިއުޅުމުގެ މުހިންމުކަން އިބޫއަށް
ވިސްނޭ ވަރާ ގާތަށްވެސް އަޅުގަނޑަށް
ނުވިސްނެެނީއެވެ.
ކޮންމެގޮތެއްވިޔަސް
އިބޫ އަކީ ރީތީ އުސޫލްތަކެއް ގެންގުޅޭ
މީހެކެވެ.
އަދި
ހަމަ ޔަގީނުންވެސް ތެދުވެރި މީހެކެވެ.
އެހެންކަމުން
އެދިން ޖަވާބަށް ރަނޑާލި ޖަވާބެއް ކިޔޭނެ
އެއްވެސް ޖާގައެއް ނެތެވެ.
އަޅުގަނޑުވެސް
އިތުރަކަށް އެއްޗެއް ނުބުނަމެވެ.
ނަމަވެސް
އެ އަންހެން ކުއްޖާ އަސްލުވެސް ރީއްޗޭ
ބުނީމެވެ.
އަނބިކަނބަލުން
ކިޔަވަނީ ކޮންތާކުންތޯ އަހާލީމެވެ.
އަހާ
ނުނިމިގެން އުޅެނިކޮން ހަމަ މިކޮލެޖުންނޭ
ބުންޏެވެ.
ބުނާނެ
އެއްޗެެއް ނޭންގުނެވެ.
އެހެންނޫނަސް
ދެން ބުނާނީ ވަކި ކޮންއެއްޗެއްތޯއެވެ.
ބޯން
ހުރި ކުޑަ ފެންފުޅި އެއްކޮށް ތުންޖަހާ
ހުސްކޮށް ލީމެވެ.
( ނުނިމޭ
)
No comments:
Post a Comment