Friday, December 30, 2011

އަޅުގަނޑުގެ ގަލަމުން ؟ 203

 
އުފަންވީ ބަޑިބުރާސްފަތީ ގެ އަށް މަސްކުރިންނެވެ. އުމުރުން ވީދުވަހެއް ވިއެވެ. ބޭބެމެން އޭ ބުނާކަހަލަ ދުވަސްތައް ލޮލުން ދުށުމުގެ ފުރުޞަތު ލިބުނެކޭ ދަންނަވާކަށް ނުކެރޭނެއެވެ. ނަމަވެސް ތާރީޚުގެ ލިޔުންތައް ހޯދާބެލިފައި ހުރިވަރުން ދިވެހިންގެ ވާހަކަ ، ދިވެހިން އުޅުނު ގޮތް ، ދިވެހިންގެ ތަހުޒީބުގެ ވާހަކަތަކުގެ ވާނުވާ އިނގޭ ވަރުވާނެ ތޯއްޗެކެވެ. ނަމަވެސް ނޫސްވެރިއަކަށް ނުވަތަ ދިރާސާ ކުރާ މިހަކަށް ވާވާވަރު ވާނެއެކޭ ދަންނަވަން އަޅުގަނޑަށް ނުކެރޭނެއެވެެ. ނަމަވެސް ދެހާސް ތިރީހުގެ އަހަރު ތަކުގެ ތެރެއިން އަޅުގަނޑު ވެސް ދެކެން ބޭނުން ވާ ކަންތައްތަކެއް އެބަހުއްޓެވެ. ނުވަތަ ދެކެން ބޭނުން ވާ ހުވަފެން ތަކެއް އެބަހުއްޓެވެ. މާރޓިން ލޫދަރ ކިންގް ވެސް ހުވަފެން ތަކެއް ނުވަތަ އުންމީދު ތަކެއް ކުރިތާއެވެ. ހުވަފެންތަށް ތެދަކަށްވެސް ވިތާއެވެ.
އުންމީދުތައް ތެދަކަށް ވީއިރު އެތަން ދެކެން ދުނިޔޭގައި ނެތުމަކީ ތަޤުދީރު ދެއްތޯއެވެ ؟ އެއީ ދުނިޔޭގެ އެންމެން ދަންނަ ބޭފުޅެކެވެ. ދަންނަ ހުވަފެންތަކެކެވެ. އަޅުގަނޑުމެންގެ ރާއްޖެއިން ވެސް ތަފާތު މީހުން ، ތަފާތު ޝަހުސިއްޔަތުން ް އުންމީދުތައްކޮށްފައި ހުންނާނެ ތާއެވެ. އަލްމަރުޙޫމް ނައިފަރު ދޮހޮއްކޮބެ އެއީ އެކަކެވެ. “ ނާސިރުގެ ވެރިކަން ވެސްދުށީމެވެ. ދެން އެންމެ ބޭނުންވާނީ މިނޫން ވެރިކަމެށް ދުށުމެވެ." ދޮހޮއްކޮބެ އެންމެ ދެކެން ބޭނުން ވާ ދުވަހެއް ހާމަ ކުރަމުން އޭރުގެ ވެރިކަމާ ދިމާލަށް ނިސްބަތްކޮށް ބުނިވާހަކަ އަޑު އެހީމެވެ. ހުވަފެން ތެދަކަށްވެއްޖެތާއެވެ. ކުރިން ބުނިހެން އުންމީދުތައް ތެދަކަށް ވީއިރު އެތަން ދެކެން ދުނިޔޭގާ ނެތުމަކީ ތަޤުދީރު ތާއެވެ. މިދެންނެވީ އަޅުގަނޑު ދެކޭ ގޮތުންނަމަ ބިނާކުރަނިވި ހުވަފެންތަކެއް ބެލި ބޭފުޅުންކޮޅެއްގެ ވާހަކައެވެ. އެހެން ކަމުން އަޅުގަޑަށްވެސް އުންމީދު ތަކެއް ކުރެވިދާނެތާއެވެ. ނުވަތަ ހުވަފެންތަކެއް ބެލިދާނެތާ އެވެ. މިދަންނަވާނީ އެއްގޮތަކަށްވެސް އަޅުގަނޑަކީ އެބޭފުޅުންނާ އެއްވަރުގެ މީހެކޭ ނޫނެވެ. މި ހަމަ އާދައިގެ ދިރިއުޅުމެށް އުޅޭ އާދައިގެ މީހެކެވެ. ނަމަވެސް މިވާހަކަތައް ބޭރު ކުރުމަށް ޝައުޤުވެރުވީތީ ބޭރުކުރެވޭތޯ ބަލާނަމެވެ. ފަހަރުގައި އެންމެ ޢިލްމީ ނުވެދާނެއެވެ. ބަހުގެ ހަމަތައް އެެންމެ ފުރިހަމަ ނުވަދާނެއެވެ.އެހެން ކަމުން މިކަންތައްތަކާއި މެދު ވިސްނާ ބޭފުޅުންގެ ފަރާތުން މަޢާފަށް އެދެމުން އަޅުގަނޑުގެ ލިޔުން ކުރިއަށް ގެންދާނަމެވެ.

Wednesday, December 28, 2011

ދަތުރު ވެރިއެއްގެ ގަލަމުން ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރު





އަޅުގަނޑަކީ ވެސް ރާއްޖެ ޒަމާނީ ޑިމޮކްރަސީގެ ދޯނި ދުއްވަން ފެށީންސުރެން އެދޯނީގައި އިން ދަތުރުވެރިއަކީމެވެ. ފަޅުވެރި އެއްނޫނެވެ. ދޯނީގެ ވެރިންގެ ތެރެއިންވެސް ވާ މީހެއްނޫނެވެ. ނުވަތަ އެ ދޯނި ދުއްވަމުން ދިޔައީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ބަލަމުން ދިޔަ މީހުންގެ ތެރެއިން ވީމީހެއްވެސް ނޫނެވެ. ކުރިން ދެންނެވިހެން ހަމަ އެކަނި ދަތުރުވެރި އެކެވެ. މިހެން މިދެންނެވީ އަޅުގަނޑުގެ ގަބޫލްކުރާގޮތުގައި ރާއްޖޭގެ ޑިމޮކްރަސީގެ ދޯނި މިހާ ހިސާބަށް އާދެވިފައި މިހުރީ އެންމެހައި ރައްޔިތުންގެ މަސަތްކަތުންނެވެ. އެހެންވުމާއިއެކު ދަތުރުވެރިންގެ ހައްޤު ނުލިބެން ވީ އެއްވެސް ސަބަބެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެމެވެ.



ރާއްޖެއިގެ ޒަމާނީ ޑިމޮކްރަސީގެ ދޯނި ދުއްވަން ފެށީ އަޅުގަނޑުގެ ފުރާވަރުގެ ދުވަސް ވަރުގައެވެ. ނުވަތަ ދަރުމަވަންތަ ސުކޫލް ގައި އަޅުގަނޑު ސެކަންޑަރީ ތައުލީމް ހާސިލް ކުރަމުން ދިޔަ ދުވަސް ވަރުގައެވެ. ކަންދިމާ ކުރިގޮތުން އަޅުގަނޑުގެ ކުލާހުގައި ތިބީ ވެސް ހަލަބޮލި ، މޮޅެތި ކުދިންނެވެ. އަދި ރާއްޖޭގެ މަޝްހޫރު އަދި އިލްމީ ގޮތުންވެސް ފުންނާބު އުސް ބެފުޅުންގެ ކުދިންނެވެ. އެހެން ކަމުން އެކުދިން އެވާހަކަ ދައްކާ ހަދައެވެ. ނަމަވެސް ސިޔާސި ނުވަތަ ޑިމޮކްރަސީ އަކީ އަޅުގަނޑު މާފަރިތަ ނުވަތަ ދަންނަ ކަންކަމެއް ނޫނެވެ. ނަމަވެސް އަޅުގަނޑު ވެސް ކުލާސް ކުދިންނާއެކު އެވާހަކަ ތަކުގައި ބައިވެރިވެ ހަދަމެވެ. މާ ބޮޑު ތައުލީމެއް ނުވަތަ އެއްޗިސްތަކެއް އެނގިގެނެއް ނޫނެވެ. ރާއްޖޭގެ އެހެން މީހުންނެކޭ އެއްފަދަ އިންނެވެ. ކުލާހުގެ ގިނަ ކުދިންނާ ތަފާތުކޮށް، އަޅުގަނޑާއި އަޅުގަނޑުގެ އެންމެ އެކުވެރިޔާ ވީ އެވާހަކަތައް ދައްކާ ދެމީހުންނަށް ވުރެއް ބޮޑަށް އަޑުއަހާ ދެމީހުން ނަށެވެ. ފަހަރުގައި އަޅުގަނޑަމެން ނަށް ނޭގެނީ ތޯއްޗެކެވެ.

Friday, December 9, 2011

ޖަސްޓިން ބީބާރ އާއި ބެހޭ ގޮތުން ފާލު ބަލާނީ ހަމަ ޔަޤީނުންވެސް ބޮޑު ވަރުވީމައެއް ނޫން ވީމަ ތާއެވެ ؟؟


އެކިމީހުންގެ ޝައުޤު ހުންނަނީ އެކި ކަންކަމަށް ދެތްތޯއެވެ. އެކި މީހުން ސަޕޯރޓް ކުރާނީ އެކި މީހުންނަށެވެ. މައްސަލައެއް ނެތެވެ. ނަމަވެސް ދަންނަވަން މިއުޅެނީ އާދައިގެ ކަމެއްގެ ވާހަކައެއް ނޫނެވެ.
މީގެ ދުވަސް ކޮޅެއް ކުރިން އެކުވެރި ދެކުއްޖަކު ގެނެސްދޭ ޓޯކް ޝޯއެއްގައި ޖަސްޓިން ބީބާރގެ މައްޝޫރުކަމުގެ ވާހަކަ އެކުދިން ދެއްކި އަޑު އެހީމެވެ. ސާފް ޗެމްޕިއަންޝިޕް 2011 ސެމީ ފައިނަލް މެޗުން ރާއްޖެ އިންޑިއާ އަތުން ބަލިވުމުން އެކަމުގެ މޮޅިވެރިކަމުގައި އިންދާ ޖަސްޓިން ބީބާރ އޭ ކިއައިގެން ގޭ ތެރޭގައި ވާހަކަ ދައްކާ އަޑު އެހީމެވެ. އެކަމަކުވެސް މީ މިވަރުގެ ކަމެއްކަން ނުދެނަހުރީމެވެ. ފާލުބެލީއެވެ. އާއެކެވެ. އަންހެންކުއްޖަކު ޖަސްޓިން ބީބާރ އާއި ދިމާވޭތޯ ފާލެއް ބެލީއެވެ. އެއީ ދިވެހި ކުއްޖެކެވެ. ގެއަށް މިހަކު ގެނެސްގެން އެބޭފުޅާއަށް ލާރިކޮޅެއް ދީގެން ހަމަ އެކަން ކުރީއެވެ. އެކުއްޖާ ޖަސްޓިން ބީބާރއަށް ކުރާ ތާއިދެއްގެ ބޮޑުކަމުން ކަންނޭންގެއެވެ. އަޅުގަނޑު ހިނިގަނޑެއް ޖަހާލުން ފިޔަވާ އިތުރު ކަމެށް ނުކުރަމެވެ. ތިޔަބޭފުޅުން ކުރަށްވާނެކަމެށް ނުވަތަ ކުރާނެކަމެށް އިގޭނީ ހަމަ ތިޔަބޭފުޅުންނަށެވެ. އަޅުގަނޑަކަށް ޒިންމާއެއް ނުނެގޭނެއެވެ.