އަޅުގަނޑަކީ
ވެސް ރާއްޖެ ޒަމާނީ ޑިމޮކްރަސީގެ
ދޯނި ދުއްވަން ފެށީންސުރެން
އެދޯނީގައި އިން ދަތުރުވެރިއަކީމެވެ.
ފަޅުވެރި
އެއްނޫނެވެ.
ދޯނީގެ
ވެރިންގެ ތެރެއިންވެސް ވާ މީހެއްނޫނެވެ.
ނުވަތަ
އެ ދޯނި ދުއްވަމުން ދިޔައީ
ރަނގަޅަށްތޯ
ނުވަތަ ނޫންތޯ ބަލަމުން ދިޔަ
މީހުންގެ ތެރެއިން ވީމީހެއްވެސް ނޫނެވެ.
ކުރިން
ދެންނެވިހެން ހަމަ އެކަނި ދަތުރުވެރި
އެކެވެ.
މިހެން
މިދެންނެވީ އަޅުގަނޑުގެ ގަބޫލްކުރާގޮތުގައި
ރާއްޖޭގެ ޑިމޮކްރަސީގެ
ދޯނި މިހާ ހިސާބަށް އާދެވިފައި
މިހުރީ އެންމެހައި ރައްޔިތުންގެ
މަސަތްކަތުންނެވެ.
އެހެންވުމާއިއެކު
ދަތުރުވެރިންގެ
ހައްޤު ނުލިބެން ވީ އެއްވެސް ސަބަބެއް
އޮތް ކަމަކަށް އަޅުގަނޑު ނުދެކެމެވެ.
ރާއްޖެއިގެ
ޒަމާނީ ޑިމޮކްރަސީގެ ދޯނި ދުއްވަން ފެށީ
އަޅުގަނޑުގެ ފުރާވަރުގެ ދުވަސް ވަރުގައެވެ.
ނުވަތަ
ދަރުމަވަންތަ ސުކޫލް ގައި އަޅުގަނޑު
ސެކަންޑަރީ ތައުލީމް
ހާސިލް ކުރަމުން ދިޔަ ދުވަސް ވަރުގައެވެ.
ކަންދިމާ
ކުރިގޮތުން އަޅުގަނޑުގެ ކުލާހުގައި ތިބީ
ވެސް ހަލަބޮލި ، މޮޅެތި ކުދިންނެވެ.
އަދި
ރާއްޖޭގެ މަޝްހޫރު
އަދި އިލްމީ ގޮތުންވެސް ފުންނާބު އުސް
ބެފުޅުންގެ ކުދިންނެވެ.
އެހެން
ކަމުން އެކުދިން އެވާހަކަ ދައްކާ
ހަދައެވެ.
ނަމަވެސް
ސިޔާސި ނުވަތަ ޑިމޮކްރަސީ އަކީ
އަޅުގަނޑު މާފަރިތަ ނުވަތަ ދަންނަ
ކަންކަމެއް ނޫނެވެ.
ނަމަވެސް
އަޅުގަނޑު ވެސް ކުލާސް ކުދިންނާއެކު
އެވާހަކަ ތަކުގައި ބައިވެރިވެ ހަދަމެވެ.
މާ
ބޮޑު ތައުލީމެއް ނުވަތަ
އެއްޗިސްތަކެއް އެނގިގެނެއް
ނޫނެވެ.
ރާއްޖޭގެ
އެހެން މީހުންނެކޭ އެއްފަދަ އިންނެވެ.
ކުލާހުގެ
ގިނަ ކުދިންނާ ތަފާތުކޮށް،
އަޅުގަނޑާއި އަޅުގަނޑުގެ އެންމެ އެކުވެރިޔާ
ވީ އެވާހަކަތައް ދައްކާ
ދެމީހުންނަށް ވުރެއް
ބޮޑަށް އަޑުއަހާ ދެމީހުން ނަށެވެ.
ފަހަރުގައި
އަޅުގަނޑަމެން ނަށް ނޭގެނީ ތޯއްޗެކެވެ.
2004
ވަނަ
އަހަރު ވެގެން ދިޔައީ ރާއްޖެ ޒަމާނީ
ތަރައްޤީ އާއި ދިމާލަށް
ދާންބޭނުންވި ކަމުގެ އިސާރާތް
ރަސްމީކޮށް އޭރުގެ ރައީސް މައުމޫން
ކުރެއްވި އަހަރަށެވެ.
4 ޖޫން
2004
ގައި
ސަރުކާރުން އިސްލާހީ އެޖެންޑާ އެއް
އިޢުލާނު ކުރިއެވެ.
ތަފާތު
ސަބަބުތަކާއި ހެދި
ކަމައްވެސް ވެދާނެއެވެ.
އެކި
މިހުން ގެ ނަޒަރުގައި އެކި ސަބަބުތަކެވެ.
އަޅުގަނޑަށް
ސަބަބެއް އޭރު ދައްކާކަށް
ނޭގެއެވެ.
ނުވިތާކަށް
ޝައުޤުވެރިކަމެއް
ވެސްނެތެވެ.
ނަމަވެސް
ވާނުވާ ބެލުމުގެ ގޮތުން އެއްޗިސް ކިޔާ
ނުވަތަ ބަލާ ހަދަމެވެ.
ރައްޓެހިން
ދައްކާ ވާހަކަ އަޑު އަހާ
ހަދަމެވެ.
އެވަރެއް
ނޫންތޯ އޭ ކުރެވޭނީ އޭރުގައި އަޅުގަނޑުގެ
އުމުރަކީ އެންމެ 15
އަހަރެވެ.
2004 ވަނަ
އަހަރުގެ ދުވަހެއްގެ މެންދުރު އަޅުގަނޑު
ސުކޫލް ނިންމާފައި ގެއަށް އައިރު އޭރުގެ
ރައީސް މައުމޫން ބީ.ބީ.ސީ
އަށް ދިން ބަސްދީގަތުމެއް
ޓީވީން ދައްކައެވެ.
އޭރު
އަޅުގަނޑު އުޅެނީ ގުރޭޑް ނުވަ އެއްގައެވެ.
ބީ.ބީ.ސީ
ނޫސް ވެރިޔާ ރައީސް މައުމޫންގެ
އަރިހުން މިހުރިހާދުވަހު ޑިމޮކްރަސީ
ނުގެންނެވީ ކީއްވެތޯ ސުވާލު ކުރިއެވެ.
އާއެކެވެ.
އޭރުގައި
އިދި ކޮޅު ފަރާތްތަކުން
އެކަމަށް ރައީސް މައުމޫނަށް
ވަރަށް ބޮޑައް ފާޑު ކިޔަމުން
ގެންދެއެވެ.
ސުވާލުގެ
ޖަވާބު ދިނުމުގެ ގޮތުން މައުމޫން
ބައިވަރު ޓެކްނިކަލް ވާހަކަ ދެއްކުމަށްފަހު
އެންމެފަހު އެއްޗަކަށް ވިދާޅުވީ އޭރު
ޤައުމު އެކަމަށް ތާއްޔާރުނޫން
ކަމުގައެވެ.
އިތުރު
ސުވާލެއްގެ ގޮތުން މިހާރު
ޑިމޮކްރަސީ ގެންނަވަން ތިއުޅުއްވަނީ
ކީއްވެތޯ ނުވަތަ އިދިކޮޅު
ފަރާތްތަކުގެ ޕްރެޝަރ
ބޮޑުވެގެންތޯ ނޫސްވެރިޔާ
އެއްސެވިއެވެ.
ކުރިއެކޭ
އެއްގޮތަށް ޓެކިނިކަލް ވާހަކަތަކެއް
ދެއްކުމަށްފަހު ވިދާޅުވީ އެމަނިކުފާނަށް
ފެންނަ ގޮތުގައި މިހާރު ޤައުމު
އެކަމަށް ތައްޔާރުވެއްޖެ
ކަމުގައެވެ.
އަޅުގަނޑު
ޔުނީފޯރމްގައި ހުރެ ހިނިގަޑެއް
ޖަހާލީމެވެ.
މަންމަ
ހިތްހަމަނުޖެހިފައި
ހުރެގެން ބަލާލިއެވެ.
ކޮންމެއަކަސް
އެކަމާ ވިސްނަމުން ހުރެ ސިޑިން އަރައިގެން
އަޅުގަނޑު ގޮސްފީމެވެ.
އޭގެ
ފަހުން އަހަރުތަކެއް
ވެގެންދިއައި އެވެ.
މިއަހަރު ( 2011 ) އަޅުގަނޑު
ފޮތެއް ކިޔަމުން ދަނިކޮށް
މީހަކު ބުނެފައިން ތަންކޮޅެއް ލޮލޮގައި
އަޅައިގަތެވެ.”ޑިމޮކްރަސީ
އިޒް އަ ލަގްޒަރީ ވިޗް ތާރޑް ވޯރލްޑް
ޕީޕަލް ކެނޮޓް އޮފާރޑް ".މި
ޖުމްލަ ވެގެން ދިޔާއީ 2004
ވަނަ
އަހަރުގެ އެއްކަލަ މެންދުރު އަލުން
އަޅުގަނޑުގެ ޙިޔާލަށް
އަލުން ގެނައި ދުވަހަކަށެވެ.
އަޅުގަނޑުގެ
މި އާދައިގެ ގަލަމުގެ ދޯރި ސިޔާސީ ދައިރާގެ
ލިއުމެއް ލިއުމަށް ނަގަން ޚިޔާލަށް
އައި ދުވަހަކަށެވެ.
އާއެކެވެ.
2004 ވަނަ
އަހަރަކީ އަޅުގަނޑުގެ ހަނދާން
ބަލި ނޫންނަމަ އަޅުގަނޑުމެންގެ ޤައުމު
3
ވަނަ
ދުނިޔޭގެ ގައުމުތަކުން ނުވަތަ އެންމެ
ކުޑަކޮށް ތަރަށްޤީވެފައި
ތިބިގައުމުތަކުން ނެއްޓި އަހަރަކަށެވެ.
ނަމަވެސް
ޑިމޮކްރަސީ އޭގެ އެންމެ
އަޑުގަދަ ވެގެން ދިޔަ
އަހަރަށެވެ.
އަދި
ހަމަ އެއާއިއެކު ސުނާމީގެ
ހިތި އަސަރު ކުރިއަހަރަށެވެ.
ދުނިޔެ
ހޯދި ތަރައްޤީ ފަހަތަށް
ޖެހުނު އަހަރަކަށެވެ.
އެތައް
ކަމެއް އަލުން ފަށަން
ޖެހުނު އަހަރަކަށެވެ.
އަދި
ރާއްޖެ ތިންވަނަ ދުނިޔާގެ ލިސްޓުން އުނި
ނުކުރުމަށް އަމިއްލަ ފުޅަށް އެދެން
ޖެހުނުކަމަކަށެވެ.
ނަމަވެސް
މިހުރިހައި ގޮންޖެހުމަކާއި އެކުވެސް
ގައުމައިގެން ދިވެހިން ދިޔައީ ކުރިއަށެވެ.
ތަފާތު
ގޮންޖެހުން ތަކާ އެކު އެވެ.އަޅުގަނޑު
ދެކޭ ގޮތުގައި މިއީ
ފެށުމެވެ.
އެހެން
ވުމާއެކު ދިވެހިން، ދިވެހިބަހުން
ބުނާނަމަ ދިމަކްރާތީ ނިޒާމައިގެން
ދިޔަ ގޮތް އަޅުގަނޑު ދެކޭ
ގޮތަށް އިގެން ޝައުޤުވެރިކަަން
ހުރި ނަމަ އަޅުގަނޑާ އެކު ހިންގަވާށެވެ. ( ނުނިމޭ )
3 comments:
Waht's your twitter name?
@xaizan is my twitter Name
nice man..
Post a Comment