މިއަދު
އަޅުގަނޑުގެ
އާދައިގެ ގަލަން މި ނެގީ ހަޤީގަތުގައިވެސް
ވަރަށް ވަރުގަދަ ޝަޙުސިއްޔަތެއްގެ
ވާހަކަ ލިޔުމުގެ
ވިސްނުމެއްގަވެ.
މީގެ
އެތައް
ދުވަހެއް
ކުރިންވެސް ހަމަ މިވިސްނުމުގައި ،
މިޚިޔާލުގައި،
ދިވެހި ގުލްޒާރުގައި ގަލަމަކަށް ނުވާ
އަޅުގަނޑުގެ މިގަލަން އެތައްކެއް ފަހަރު
ނެގީމެއެވެ. ނަމަވެސް
ހަމަ ލިޔަން
ނުކެރިގެން
ކޮންމެ ފަހަރަކުވެސް
ބަހައްޓަނީ އެވެ.
އެއްގޮތަކަށް
ވެސް ބިރަކުންނޫނެވެ.
އެބޭފުޅަކަށް
ކުރާ ޤަދަރަކާއި
އިޚްތިރާމެއްގެ
ބޮޑުކަމުންނެވެ.
މިހެން
ދެންނެވިޔަސް
މިލިޔަން
އުޅޭ ބޭފުޅާއާއި
ދުވަހަކުވެސް
ބައްދަލުވެފައެއް ނެތެވެ.
މިހެންކަމުން
މިއީ އަޅުގަނޑު ވަރަށް
ބައްދަލުކޮށްލަން
ބޭނުންވާ ޝަހުސިއްޔަތެކެވެ.
އުންމީދަކި
ބައްދަލުކޮށްލަން
ލިބުމެވެ.
ކުރިން
ދެންނެވިހެން
އަޅުގަނޑުގެ
މި ލިޔުން
ލިޔަން
އުޅޭތާ އަހަރުތަކެއް ވެއްޖެއެވެ.
2007 ވަނައަހަރު
ލިޔުންތެރިކަމަށް
ޝައުޤުވެރިކަން
އުފެދިގެން ބްލޮގެއް
ހެދި ހިސާބުންނެވެ.
އެހެންނަމަވެސް
އަޅުގަނޑުގެ
ގަލަމަކީ އާދައިގެ ގަލަމަކަށްވެފައި،
އަޅުގަނޑަކީ ލިޔުންތެރިކަމުގެ
ދާއިރާގައި ވަރަށް ޅަޒުވާނަކީމެވެ.
ޖެހިލުންވަނީ
މި ލިޔުން
އެންމެ ފުރިހަމަ ނުވެދާނެތީ އެވެ.
ނޫންނަމަ
ދިވެހި ބަހުގެ ޤަވައިދުތަކަށް
ނުފެތި ހިނގައި
ދާނެތީއެވެ. މިހެން
މިދެންނެވީ
މީގެ ދުވަސް ކޮޅެއްކުރިން މި ރާއްޖެއިގެ
އެންމެ
މައްޝޫރު
އެއް ވާހަކަ ލިޔުންތެރިޔާ
ބިންމާ އިބްރާހިމް ވަހީދު،
އަޅުގަނޑު މި ލިޔަން
މިއުޅޭ
ބޭފުޅާއާއި
ބެހޭގޮތުން މިހެން
ބުނެފައި
އޮތްތަން
ދެކުނީމެވެ.
”އަޅުގަނޑު
ވާހަކަ ލިޔަން
ޝައުޤުވެރިކަން
އުފެދިގެން ވާހާކައެއް
ލިޔެގެން
ޗާޕް ކުރުމަށްޓަކައި
ނޮވެލްޓީއަށް ގެންދިއައީމެވެ.
ނަމަވެސް
ވިދާޅުވީ ސޯދުބެމެން ކަހަލަ މީހަކަށް
ދައްކައިގެން މީގެ ކުށްފިލުވައިގެން
ގެންނާށެވެ. އަދި
އެކަން އަޅުގަނޑު ގަބޫލްކުރީމެވެ".
އެހެނެކަމުން
ހަޤީޤަތުގަވެސް
މިދާއިރާގައި މިފަދަ ޢިލްމީ،
ފުންނާބު އުސް
ބޭފުޅެއްގެ ވާހަކަ ލިޔަން
އަޅުގަނޑު
ކަހަލަ ޅަ،
ލިޔުންތެރިއަކަށްނުވާ،
ނަމަވެސް ލިޔުންތެރިކަމަށް
ޝައުޤު
ހުންނަ ކުއްޖަކަށް އުދަގުލެވެ.
އެބޭފުޅާ
މިކަން ޤަބޫލްފުޅު
ނުކުރެއްވިޔަސް
މީތެދެކެވެ.
މީގެ
ހަފުތާއެއްހާ
ދުވަސްކުރިން ކޮނޅުބުގެ
ލަންކާ ހޮސްޕިޓަލްގައި ވަރަށް ގާތް
ރައްޓިއްސަކު
ބާއްވައިގެން އުޅޭތީ ވަރަށް ގިނައިން
ގޮސްހެދީމެވެ.
އެއްދުވަހަކު
ހޮސްޕިޓަލަށް ދެވުނުއިރު
ސައުވީހަކަށް
އަހަރުގެ ވަރަށް ސިޔާސަ ރައްޓިއްސަކު
ފޮތެއް ކިޔަން
އިންތަން
ފެނިގެން ކޮންއެއްޗެއްތޯ
ކިޔަނީ
އަހާލީމެވެ. ޖަވާބުގައި
"ބްރޯ،
މީ ވަރުގަދަ ލިޔުންތެރިއެއްގެ
މޮޅު ފޮތެކޭ"
ބުންޔެވެ.
އަޅުގަނޑު
ބަލާލަން ދޭން
އެދުނީމެވެ. އެކުވެރިޔާ
ބުނި ގޮތަށް އެއީ
ވަރުގަދަ ފޮތެކެވެ.
އެފޮތުގެ
ތިންވަނަބައި މީގެ ދެ އަހަރެއްވަރު
ކުރިން ކިޔާލީމެވެ.
އެދުވަހު
ބަލާލަން ލިބުނީ
" ދުށްތަނާ
އިވުނުއަޑުގެ ހަނދާންހުރިބައި"
ގެ
އެއްވަނަ ބައެވެ.
އެކުވެރިޔާ
ލިޔުންތެރިޔާއަށް
ވަރަށް ތަޢުރީފު
ކުރިއެވެ. މިފަދަ
ލިޔުންތެރިންނަކީ
ދިވެހި ޒުވާނުންނަށް
އެނގެންޖެހޭނެ
ބައެއްކަމާއި
އެފޮތަކީ
ނޮވެލްޓީ އަލީ ހުސެއިންގެ
ފޮތެކޭބުންޏެވެ.
އަދި
އަޅުގަނޑާއި ދިމާލަށް ކަލޭގޭ
ކުރީގެ ވެރިމީހާގެ
ފޮތެކޭ ހިނަގަނޑަކާއިއެކު
ބުންޏެވެ.
އަލީ
ހުސެއިނަކީ
ކޮންކަހަލަ ބޭފުޅެއްތޯ
އަޅުގަނޑު ކައިރިން އެއްސެވެ.
އެސޮރުގެ
އެ ސުވާލަކީ އަޅުގަނޑަށް މީގެ ކުރިންވެސް
ވަރަށް ގިނަފަހަރުމަތިން
ކުރިމަތިވި ސުވާލެކެވެ.
އޯ
ލެވެލް ނިންމިގޮތަށް
އަޅުގަނޑު އެންމެ ފުރަތަމަ ވަޒީފާ
އަދާކުރީ އެބޭފުޅާއަށް
ނިސްބަތްވާ
ވިޔަފާރިއެއްގެ
މާރކެޓިން ޑިޕާރޓްމަންޓްގައެވެ.
އަދި
މަސައްކަތް
ކުރަމުންގޮސް އެތަނުގެ
ކޮންމެވެސް
ވަރެއްގެ އިސް
މަޤާމަކަށް
އާދެވުނެވެ. އެހެންކަމުން
އެބޭފުޅުންގެ އެ ސުވާލަށް ކޮންމެވެސް
ވަރެއްގެ ޖަވާބެއް ލިބިދާނެކަމަށް
ޤަބޫލްކުރަނީ
ކަންނޭންގެއެވެ.
ނަމަވެސް
އެކުވެރިޔާގެ
އެ ސުވާލަށް އެދުވަހުވެސް އަޅުގަނޑު
ދިނީ އެންމެ
ކުރިންސުރެންވެސް
ދެމުން އަންނަ ޖަވާބެވެ.
އާދައިގެ
ހިނިގަޑެކެވެ. އިތުރަށް
ބުނާނީ ކޯންޗެކޭތޯއެވެ.
ނޮވެލްޓީ
އަލީ ހުސެއިނަކީ
އުމުރުން ތަންކޮޅެއް ދޮށީ ބޭފުޅުންގެ
މެދުގައި
މައްޝޫރު
ނަމެކެވެ. ނަމަވެސް
ޒުވާން ޖީލަށް
އެހާ ފަރިތަ ނަމެކޭ ބުނަން ދައްޗެވެ.
ދިވެހި
ލިޔުންތެރިކަމުގެ
ދާއިރާގައި ފަހުލަވާނެކެވެ.
ހަމައެކަނި
ލިޔުންތެރިކަމުގެ
ދާއިރާއަކުންނޫނެވެ.
އެކި
ގޮތްތޮތަށެވެ.
ނޮވެލްޓީ
އަލީ ހުސެއިނަކީ
އަޅުގަނޑަށް ކިޔަން
އެހާ ފަސޭހަ
ނަމެއްނޫނެވެ.
މިދެއްނެވީ
ނަންކިޔަން
އުނދަގޫ
ވާހަކައެއްނޫނެވެ.
ކުރިން
ދިރިއުޅުމަށްޓަކައި މަސައްކަތް
ކުރަމުންދިޔަތަނުގެ
ވެރިމީހާއަށްވީތީއެވެ.
އެއަށްވުރެއް
ބޮޑަށް،
ކުރާ އިޙްތިރާމް
ބޮޑުވެފައި އަޅުގަނޑަށްވުރެއް
އުމުރުގެ ގޮތުންވެސް ދޮށި ވީމައެވެ.
މީގެ
އިތުރުން އަޅުގަނޑުގެ މަޢުލޫމާތު
ކުށްކަމުގައި
ނުވާނަމަ،
އޭބޭފުޅާވެސް އެބޭފުޅާއަށް
ނިސްބަތްކޮށް
މުޚާތަބުކުރަން
ބޭނުންވަނީ އަލީ
ހުސެއިންގެ ނަމަކުން ނޫނެވެ.
ވާރެޔާފުށި
އަލީ
ހުސެއިންގެ
ނަމުންނެވެ. ފަހަރުގައި
އެބޭފުޅާގެ
އުފަން ރަށްދެކެވާ ލޯބި ބޮޑުކަމުން
ކަމުގައިވެސް
ވެދާނެއެވެ. އަޅުގަނޑުގެ
ވިސްނުން ހުރިގޮތުން މީސްމީހުނަށް
މުޚާތަބުކުރަން
އެންމެ އެކަށީގެންވާ
ނަމަކީ އެމީހަކު އެންމެ
ރުހޭ
ނޫންނަމަ
އެންމެ ގަޔާވާ
ނަމަކުންނެވެ.
އެހެންކަމުން
" ވާރެޔާފުށި
އަލީ ހުސެއިން
" މިބޭފުޅާއާއި
ބެހޭގޮތުން ލިޔެލެވޭތޯ
ބަލާނާމެވެ.
ވާރެޔާފުށި
އަލީ ހުސެއިނަކީ
މ އަތޮޅު ވަރޭޔާފުށްޓަށް އުފަން ބޭފުޅެކެވެ.
މިހާރު
އެރަށުގެ ގިނަމީހުން ދިރިއުޅެމުން
ގެންދަނީ މ އަތޮޅު ކޮޅުފުށީގައެވެ.
އެދުވަސްވަރުގެ
ގިނަކުދިންހެން
އެބޭފުޅާވެސް
އުޅެންޖެހުނީ ހަދާނުން ފިލައިގެން ނުދާނެ
އާދައިގެ ދަށް ދިރިއުޅުމެކެވެ.
އެބޭފުޅާގެ
ބަހުންނަމަ ކާންޖެހުނީ
ބިންމައްޗަށް
ވެއްޓިފައިހުންނަ އުނބެވެ.
ނޫންނަމަ
ކޮވީ އެވެ. އަދި
ބޯކަށިކޮޔޮ ކަހަލަ އެއްޗިއްސެވެ.
އެދުވަހަކު
އިރާދަ ކުރެއްވިގޮތެވެ.
ނަސީބަކީ
ކަތީބަކު
ދޭއެއްޗެއް ނޫންކަން އެންމެންވެސް
ދަނެއެވެ. މީހެއްގެ
ނަސީބަކީ
ކޮބައިކަން
އިނގޭނީ
ކާކަށްތޯއެވެ. ދެވަނަ
ބޮޑުހަނގުރާމައިގެ
ދުވަސްވަރު
ނިމުމާއެކު ރާއްޖޭގެ
ފުރަތަމަ ބޯރޑިންގ ދާރުލްއިގާމޭގެ
ނަމުގައި ހުޅުވުނެވެ.
އަދި
ކޮންމެ އަތޮޅަކުން ދެކުދިން މާލެ
ގެނެވުނެވެ.
އެގޮތުން
އޭރު މުލަކު އަތޮޅުން ގެނެވުނު ދެކުދިންގެ
ތެރެއިން އެއްކުއްޖަކު ދުންފަތުގެ
އިސްތިއުމާލްކުރުމަށް
ހިފާފައި
ހުރި ފޯރިއަކުން އަނބުރާ
ރަށަށް ފޮނުވާލެވުނެވެ.
އެސޮރަށް
ކަމުގޮސްގެން ނުހުއްޓުނު އެ
އާދާ
ވީ އަލީ ހުސެއިންގެ
ދިރިއުޅުން ބަދަލުކޮށްލި
ބޮޑު ނަސީބަކަށެވެ.
ނަސީބަކަށް
ވާނުންތޯއެވެ. ދެވަނަ
ބޮޑުހަގުރާމައިގެ ދުވަސްވަރުގެ ދިވެހިންގެ
ހާލަތުގެ ގޮތް އިގޭނީ އޭރު އެކަން
ތަޖުރިބާކުރި
ބޭފުޅުންނަށެވެ.
ނޫންނަމަ
ތާރީޚުގެ
ފޮތްތަށް ކިޔާ ހޯދި ބަޔަކަށެވެ.
ފަހަރެއްގައި
އަޅުގަނޑުމެން
ކަހަލަ އިއްޔެ އުފަންވި
ކުދިންނަށް އެދުވަސްވަރުގެ ޙާލަތު
އިހުސާސްކުރަން
އުނދަގޫ
ވެދާނެއެވެ.
ކޮންމެ
ގޮތެއްވިޔަސް
ތަޢުލީމް
ހޯދަން ފުރުޞަތެއް
ލިބުމަކީ ނިޢުމަތެކެވެ.
އަދި
އެދުވަސްވަރު އެވަރުގެ ފުރުޞަތެއް
ލިބުނީމަ ބޮޑު ނަސީބުވެރިޔެކޭ
ނުބުނެވޭނެތޯއެވެ؟.
ފުރުޞަތު
ލިބުމާއެކު މަންމަ އެޅުވި އަތުއުޅާ
އަޅައިގެން އުމުރުން އަށްއަހަރުގައި
ބޯރޑިންގ
އަށް ނިކުންނެވިއެވެ...
( ނުނިމޭ
)
No comments:
Post a Comment