Sunday, July 17, 2011

ބޮސްގެ ނައިފަރު ސަފަރު ނާމާ

ހަމަޔަގީނުންވެސް އަޅުގަނޑު ޅ.އަތޮޅު ނައިފަރުދަންނަނީ ރާއްޖޭގެ ގިނަމީހުން ދަންނަހެންއަބުދުﷲ މޫސާ ގެ ފަރާތުންނެވެ.އެންމެންގެނަމުން ނަމަ ނައިފަރު ދޮހޮއްކޮބެގެފަރާތުންނެވެ.މިދެންވީއެރަށަކަށް އަޅުގަނޑުމެން އެންމެންދަންނަ އަލްމަރުހޫމް ނައިފަރު ދޮހޮއްކޮބެނިސްބަތްވާ ރަށް ކަމަށް ވާތީއެވެ.ދެން އިތުރުތާޢާރަފެއް ނުދެއްވިޔަސް ފުދޭނެނޫންތޯއެވެ.؟ނަމަވެސް ދެވަނަ ސަބަބެއްވެސް ނުލިޔެދޫކޮށްލުމަކީ ހަމަ ޔަގީނުންވެސްއަޅުގަނޑުގެ އެންމެ އެކުވެރި އެއްމިތުރަށް ބުނެވޭނެ ނުބައިމީސް ބަހަކަށްނުނީ ނުވެނުދާނެކަން ހަމަ ޔަގީނެވެ.އާންމުނަމުންނަމަ އިއްބެ، އަޅުގަނޑުމެންގެނަމުން ނަމަ "ނައިފަރި ޔާނޯ" ގެޅަދުވަހުގެ ރަށުގެ އިތުރުން އެބޭފުޅާގެމަންމާފުޅު އެރަށަކަށް ނިސްބަތްވާރަށްކަމަށް ވާތީއެވެ.


ހެނދުނުގެއިރު ފެނުން ތޮޅިލުމުގެ ކުރީގައިމޯލްޑިވިއަން އެއާރ ޓެކްސީގެ ހުޅުލޭޓާރމިނަލްއަށް އޮފީހުގައި އުޅޭ ބިދޭސީބޭފުޅަކާއެކު ގޮސް އިނީމެވެ
.އެތަނުގައިއިންދާ ވަރަށް ގިނައިން އިވޭ ޖުމުލަތަކެއްކުށްލިއަކަށް ހަނދާންވިއެވެ.ހެނދުނުއިރުގެ އަލިކަން ނުފެންނަ މީހަކު ގައިގާކޮންމެވެސް ވަރެއްގެ ކަންނެތްކަމެއްހުންނާނެކަން އަބަދުވެސް އަޅުގަނޑުގެބައްޕަ ބުނާތީ އަހަމެވެ.ކޮންފޮތެއްގައިއޮތް އެއްޗެއް ކަމެއް އަޅުގަނޑަކަށްނޭނގެއެވެ.ޤަބޫލުކުރެވޭނީއަމިއްލަފުޅު ތަޖުރިބާ ކަމަށެވެ.ހަމަޔަގީނުންވެސް އިރު އަރަމުން އެއަންނަވަގުތަކީ ހާދަހާ ހިތްގައިމު ވަގުތެއްތާއެވެ؟ރަންކުލައިގެ ދޯދިތައް ދުނިޔެ މައްޗަށްފެތުރި ހުންނަތަން ފެނުމަކީ ހިތައްތަސައްލީ ގެނެސްދޭކަމެކެވެ.ހެނދުނުގެނިދި ފިލުވާލުމުގެ ގޮތުން ކޮފީއެއް ބޯންތިއްބާ ފުލައިޓްގެ ވަގުތު ޖެހިއްޖެއެވެ.ކެތްމަދުވެފައިއިންދައެވެ.ފުލައިޓަށްއަރާ ހިތަކުންނޫނެވެ.ބޯޓްއުދުހިފަ ދާއިރު އެފެންނަ ހިތްގައިމުނަލަ ނަލަ، މިނިވަންކަމުން ފުރިގެންވާ،ވައިރޯޅި ތަކެއް ހިމޭން ކަންމަތީ ޖެހެމުންދާ، އަޅުގަނޑުމެންގެ ޖަޒީރާ ދޮންވެލިބިންތައް ބަލައިލާ ތަސްވީރު ތަކެއްނަގާލާ ހިތުންނެވެ.ކޮންމެއަކަސްސީ.ޕުލޭންގައިހޭދަކުރި ސާޅިހަކަށް މިނެޓަކީ ތަފާތުހިތްހަމަޖެހުމެއް ގެނުވި ވަގުތުތަކެކެވެ.
ދިވެއްސަކަށްވީތީއިތުރަށް ފަޚުރުވެރިވި ވަގުތުތަކެކެވެ.ފްލައިޓްދާން އޮތް މަންޒިލްގައި ޖައްސައިފިއެވެ.ކުރެއްދޫއައިލެންޑް ރިސޯޓަށެވެ.ފްލައިޓުންފޭބިއިރު އަޅުގަނޑުމެން ބަލާ އައިސްހުއްޓެވެ.އަންހެންބޭކަނބަލެއް ނޫނެވެ.ފިރިހެންބޭފުޅެކެވެ.އަޅުގަޑުމެންނަށްދަޢުވަތު ދެއްވި ފަރާތެވެ.ނައިފަރުއަދި ރާއްޖޭގައި ނަން ހިނގާ ޖަމުޢިއްޔާއެއްގެނައިބެކެވެ.ހަތްދިހަފަސް އަހަރުވީ ސުކޫލެއްގެ އިސްމުވައްޒަފެކެވެ.ހިތްހެޔޮރަހުމަތްތެރިއެކެވެ.މިޒާޖާއިބެހޭގޮތުން އެއްޗެއް ދަންނަވަނީނަމަބުނަނަން ޖެހޭނީ "މަރުވަމުންވެސް ތީރު އެއްލާ މިޒާޖުގެ މީހެކެވެ."ދަންނަވަންމިއުޅެނީ ކަމެއް ކުރަން އުޅެފިއްޔާއެކަން ކުރާ ޒާތުގެ މީހެކެވެ.ނުބައިވިސްނުމެއް ނުގެންގުޅުވައްޗެވެ.މިދެންނެވި އެބޭފުޅާގެ ތަޢާރަފް ތަންކޮޅެއްދިގުވީމަ ދުވަސް ވަރުގެ ގޮތުން ތަފާތުހިޔާލެއް އައިސް ދާނެތީ އެވެ.ސަލާންގަލާން ކުރުމަށްފަހު ވިއްސަކަށް ފޫޓްގެސުޕީޑް ލާންޗަކަށް އަރައިފީމެވެ.އަސްލުމަންޒިލާ ދިމާލަށެވެ.ޅ.ނައިފަރާދިމާލަށެވެ.ވިހިވަރަކަށް މިނިޓް ނަގާނެކަމަށް އަލީބުންޏެވެ.ރަށާކައިރިވި ވަރަކަށް ރަށުގެ މަލަމަތިފެންނަމުންދެއެވެ.ކުރީގައިރާއްޖޭގައި ދެއްވަމުން ގެންދަވާ "ފެހިފަތް"ދިނުމަށްލިސްޓްކުރާނަމަ، ޤަބޫލްކުރެވެނީ ލިސްޓްގެފަހަތުގެ ހިސާބަކުން ލައްވާލާނެކަމަށެވެ.އާނއެކެވެ.ގިނަރަށްރަށުގެ މަލަމަތިން ފެންނަ ފެހިކަންފެންނާކަށް ނެތެވެ.އެހެންވީމަމިހެން ދެންނެވިދާނެނޫންތޯއެވެ.؟

ކަޑިންމަޔާހިސާބުން ރަށުގެ ކަންތައްތައް ސާފުކޮށްފެންނަން ފަށައިފިއެވެ.ރަށުގެނެރުން އެތެރެވެއްޖެއެވެ.ފުރަތަމައަޅައިގަތީ ކަނޑު ތޮށީގައެވެ.ފައިކައްޓާދިމާ އޮތީ ރޫޅިފައެވެ.ނަމަވެސްޒަމާނީ، އިޤްތިޞާދީ ، އުމްރާނީ ކުލަވަރުރަނގަޅަށް ފެނުނެވެ.ޒަމާނީދެތިން މަސް ދޯނިވެސް އޮތެވެ.ލާންޗުންފޭބުމަށްފަހު ނައިފަރުން އަޅުގަނޑުމެންނަށްދަޢުވަތު ދެއްވި ޖަމުޢިއްޔާގެ ބޭފުޅުންނާއިސަލާންކޮށްލުމަށްފަހު ތިބެން ހަމަޖެހިފައިވާގެއަށް ދިއުމަށް ހިނގައިގަތީމެވެ.ބޭރުބޭފުޅާދެކޮޅަށް ބަލަމުން "އިޓްއިސް ޑޭމް ހޮޓް އޭ "ބުންޏެވެ.ސާމާސާކޮށްލުމުގެގޮތުން "ހޫއިސް ޑޭމް ހޮޓް"ހޭއެހީމެވެ.އަސްލުގަވެސްހޫނު ގަދައެވެ.ރަށުގެމަލަމަތިހެން ރަށުތެރޭގައިވެސްފެހިކަމެއްނެތެވެ.ނަމަވެސްގޭގެއިގެ އަސްކެނިދަށުގައި ގަސް އިންދާފައިހުއްޓެވެ.ކޮޕީފަތާއިމިރުސްގަސް ކަހަލަ ކުދިކުދި ތަންތަންކޮޅުގައި ހެއްދޭ ގަސްގަހެވެ.އެހެންކަމުންއަޅުގަނޑަށް ޤަބޫލުކުރެވެނީ އެވެރިން،އެވެރިންގެ އުފަން ފަސްގަނޑު ފެހިކުރަންވަރަށް ލޯބި ކުރާކަމެކެވެ.ނަމަވެސްބިންކޮޅުގެ ދަތިކަމުން އެކަން ވާންނެތީތާ އެވެ.ނަމަވެސްއެބޭފުޅުންނަށް ކުރެވެން ހުރި ކަންތައްތައް،މިދެންނެވީ އުމުރާނީ ގޮތުން ވަރަށްފެއްސެވެ.ގެތައްގިނަވެފައި ޒަމާނީވެސްމެއެވެ.މެންދުރުގެވަގުތެވެ.އެހެންކަމުން ފިނި އެއްޗެއް ބޯލައިގެން ގެއަށްދާންވެގެން ކެފޭ އަކަށްވެސް ވަނީމެވެ.ޚިދުމަތްވެސް ރަނގަޅެވެ.މާހައުލުވެސްހިތްގައިމެވެ.އަޅުގަނޑުމެންބީރަށްޓެހި ބަޔަކަށްވީތީ މެހްމާންދާރީއިތުރުވިކަން ފާހަގަކުރެވުނެވެ.ކޮންމެބޭފުޅަކުވެސް ބަލާލުމަށްފަހު ހީލިއެވެ.އަޅުގަނޑަށްއަޑުއިވިފައިވާގޮތުގައި، ނައިފަރަކީވަރަށް ފޮނި މީހުން އުޅޭ ރަށެކެވެ.ނަމަވެސްއަޅުގަނޑަކަށް އެކަން ފާހަގައެއްނުވެއެވެ.އަދިމީގެ ކުރިން ވެސް އެވާހަތަކެއްޤަބޫލެއްނުކުރަމެވެ.ސަބަބަކީދިވެހިން ވާނީ ދިވެހިންނަށްތާއެވެ.އެހުންނަހިތްހޮޔޮކަމާއި، މެހްމާންދާރީގެއުސޫލުތައް ހުންނާނެ ކަމަށް އަޅުގަނޑުޝައްކެއްނުކުރަމެވެ.ހަމައެއާއެކު އަޅުގަނޑާއެކު އަބަދުހެން އުޅޭއެކުވެރިޔާގެ އުސޫލުތައްވެސްއެވިދާޅުވިގޮތާއި މުޅިން އިދިކޮޅެވެ.ފިނިއެއްޗެއް ބުއިމަށްފަހު ތިބެން ހަމަޖެހިފައިވާގެއަށް ދިޔައީމެވެ.މެންދުރުގެވަގުތުކަމުން މަގުމަތިން މާގިނަ މީހުންނެއްނުފެނެއެވެ.

ހަވީރުގެވަގުތު ޖެހުމުން ރަށުތެރެއަށްބޭރުބޭފުޅާއާއިއެކު އަޅުގަނޑު އަދި އަލީނުކުމެލީމެވެ.މެންދުރުވަގުތާއި ތަފާތެވެ.މިހުންގިނައެވެ.ތުއްޕުޅުބޭފުޅުންކުޅެން އުޅޭތަން ފެނެވެ.އަޅުގަނޑާއިއެކުދިޔަ ބޭރުބޭފުޅާ ފަހަރަކު ސުވާލެއްކުރަމުން ގެންދެއެވެ.އަލަށްރާއްޖެ އައިސްގެން އުޅޭ ބޭފުޅެކެވެ.އަތޮޅަކަށްވެސް ދިޔަ ފުރަތަމަ ފަހަރެވެ.އެހެންނޫނަސް ސުވާލުވެސް ގިނަ ބޭފުޅަކީއެވެ.ކުޑަކުއްޖަކުއައިސް ގައިގާ ޖެހުނެވެ.ފަހަތަށްއެނބުރި ބަލާލިމެވެ.ކުއްލިއަކަށްއަޅައިގަތީ އެކުއްޖާ އަރައިގެން ހުރިބޫޓެވެ.ފިރިހެންބޫޓެކެވެ.އަޅުގަނޑާއިއަޅުގަނޑުގެ އެކުވެރިޔާ ވެސް ހަމައެކަހަލަ ބޫޓެއް ގަތީމެވެ.ގަންނަންދިޔަފިހާރައިގައި ގަޑިއެއްގެ އިރު ތިބެގެންނެވެ.ހަމަނައިފަރުގާ ހުރި އޭނާގެ ކޮއްކޮއަށްފޮނުވާށެވެ.އެހެންކަމުންއަޅުގަނޑަށް ޤަބޫލުކުރެވުނީ އެއީ އޭނާގެކޮއްކޮ ކަމަށެވެ.ޔަގީންކޮށްލަން އަހާވެސްލީމެވެ.ނިމިގެންދިޔައީ ވިސްނުމާ އެއްގޮތަށެވެ.

ރަށުތެރޭގައިހިނގަމުން ބަލަމުން ގެންދިޔައީމެވެ.ހިއްކާފާއިވާސަރަހައްދަކަށް ދެވުނެވެ.ކޮންނަމުންދާވަޅުގަނޑުތަކުންނާއި ވަކި ހަމަޔަކަށްރާނާފައި ހުރި ގެތައް ފެންނަން ހުރުމުންޤަބޫލުކުރެވެނީ ރަށުގެ ބިންކޮޅު ކުޑަކަމުންގެތައް އާބާދު ކުރުމަށް ހިއްކާފައިވާތަނެކެވެ.އަދިއޭގެ އިތުރުން ތަރައްޤީގެ އެތައްމަޝްރޫޢުތަކެއްހުއްޓެވެ.ބައެއްޕްރޮޖެކްޓްތައް ހުރީނިމިފައެވެ.އަނެއްމަސްރޫޢުތައް ހުރީ ނިމެން ކައިރި ވެފައެވެ.ޔަގީނުންވެސްއުންމީދުގެ މަންޒަރުތަކެކެވެ.ތަރައްޤީއާއިތަހުޒީބުގެ ދަންމަރުތަކެކެވެ.މަޝްރޫޢުތަކުގެއިތުރުން ތާފާތު ކަންތައްތައް އަޅައިގަތެވެ.ބަންނަންފަށާފައިހުރި ދޯނި ފަހަރުވެސް ހިމެނެއެވެ.އޭގެއިތުރުން ގުރޫޕް ގުރޫޕަށް ތިބި ޒުވާންއަންހެން ބޭކަނބަލުން ވެސް ފާހަގަކޮށްލެވެއެވެ.ހަވީރުފިންޏަށް ވައިޖައްސާލަން ނިކުމެއުޅެނީތާއެވެ.ޢާއިލާގެމެންބަރުން އެއްކޮށް ކަންނޭނގެއެވެ.ނޫންނަމައަލްމަރުހޫމް ނައިފަރު ދޮހޮއްކޮބެދެކުނުކަހަލަ "ރާޖަރާނީގެ"ބަގީޗާތަކެއް ކަންނޭނގެއެވެ.ނަމަވެސްއަޅުގަނޑުގެ މަޅީގައި ޖެހޭނެނަމައޭދޮހޮއްކޮބެ ބުންޏަސް އަޅުގަނޑެއްނުބުނާނަމެވެ.ބުނާކަށްވެސް ނެތީމެވެ.އެކަމަކުއެކަހަލަ އަޑެއް އެރިކަން ޔަގީނެވެ.އަޑެއްކިއްޔާމުން ރެނދެއްލާނެއޭ ދުވަސްވީމީހުން ބުނުއުޅެއެއްނޫންތޯއެވެ؟ދޮގުކުރާކަށްވެސް ތެދުކުރާކަށްވެސްއަޅުގަނޑު ނެތީމެވެ.އެހެންނަމަވެސްއަޅުގަނޑުވެސް އެބިމުން މަލެއްދުށީމެވެ.ތަފާތުމަލެކެވެ.ރީތިމަލެކެވެ.ނަމަވެސްއަޅުގަނޑަށް ދޮހޮއްކޮބެއަށް ލިބުނުކަހަލަ ޞަދުރާއި އަޖުޒުން އެއްޗެހިބުނުމުގެ ހުނަރެއްނުލިބެއެވެ.މިހެންމިދެންނެވީ ބައެއްމީހުން އެބޭފުޅާއަށްއެހުނަރު ލިބުނީ އެދެންނެވި ބަގީޗާފެނިގެންކަމަށް ޤަބޫލުކުރެވިފައިއޮވެދާނެތީ އެވެ.އަޅުގަނޑަށްޤަބޫލުކުރެވެނީ އެހުނަރު އެލިބުނީ އާދަމީއުފެދުމެއްގެ އަސްލަކުން ކަމަށެވެ.ޤުދުރަތުންދެއްވި ހަދިޔާއެއްގެ ގޮތުގައެވެ.އިތުރަށްމިވާހަކަ ލިޔާކަށް ގަސްތެއްނުކުރަމެވެ.އިތުރަށްލިޔެގެން މައްސަލައެއް ޖެހިދާނެކަމަށްއަޅުގަނޑު ޤަބޫލުކުރަމެވެ.އަޅުގަނޑުގެބަގީޗާއިން ހިތްހަމަނުޖެހުން ފާޅުކޮށްފާނެތީއެވެ.މިވެސްވެދާނެ ކަމެއް ނޫންތޯއެވެ.؟

ދުވާލުގެއިރު އޭގެ ދައުރާ އެއްގޮތަށް ، ހިމޭންކަމާއެކުމަޑު މަޑުން ގޮސް އޮއްސިއްޖެއެވެ.އަނދިރިކަންވެރިވުމާއެކު ގެއަށް ގޮސްފީމެވެ.ރޭގަނޑުގެގިނަވަގުތު ހޭދަވީ ކުރަން ދިޔަ އޮފީސްމަސައްކަތުގައެވެ.އާދުވަހެއްގެފެށުން ފެށިއްޖެއެވެ.ނައިފަރުގެއޮފީސްތަކުގެ މީހުންނާއި ބައްދަލުކޮށްލުމަށް ރޭވިފައި އޮތީ ތީ ހޮސްޕިޓަލާއިދިމާލަށް ފުރަތަމަ ދިޔައީމެވެ.ހޫނުވެސްގަދަ ދުވަހެކެވެ.ހިނގައިފާދަނިކޮށް ކުއްލިއަކަށް މީހަކު އައިސްދެއަތުން އަޅުގަނޑުގެ އަތުގައި ހިފިއެވެ.ކޮނޑުގައި ދައްދޮޅިވާ ގޮތަށް ބައްދާލިއެވެ.ހައިރާންވެފަހުރެގެން ފަހަތް ބަލާލީމެވެ.ހައިރާންވާނެނޫންތޯއެވެ.އަލަށްދިޔަރަށެކެވެ.ފަހަތުންއަތުގަ ހިފާނީ ކާކު ތޯއެވެ؟ ފަހަތްބަލާލީމެވެ.އަސްލުގަވެސްއަޅުގަނޑު ހައިރާން ވިއެވެ.ނަމަވެސްދަންނަ ވަންޖެހެނީ އަޅުގަނޑުމެން ފެނުމުންއޭނަ އަބަދުވެސް ކަންތައް ކުރަނީއެގޮތަށެވެ.އެއީއަޅުގަނޑުގެ ދައްތައެކެވެ.މާމަގެއެންމެ ހަގު އަންހެން ދަރިއެވެ.އަޅުގަނޑުގެމަންމަގެ އެންމެ ހަގަށް ހުންނަ ކޮއްކޮއެވެ.ދައްތައަކަށްވުރެން ގާތް ރައްޓެއްސެކޭ ބުނުން މާރަނގަޅު ވާނެއެވެ.ފަހަރުގައިއުމުރުގެ ފަރަގު ކުޑަ ވީމަކަމަށްވެދާނެއެވެ.އެހެންނަމަވެސް އޭނަ ހަމަ ތަފާތީއެވެ.އާއިލާގެއެހެން އަންހެން ބޭކަނބަލުންނާއެވެ.އެހެންބޭކަނބަލުންނަކީ ހަމަ ޔަގީނުންވެސްއަޅުގަނޑު ކައިރީގައި ހުނައިރުވެސް އަދިއެހެން އިރުތަކުގަވެސް މަޑުން ތިބޭމިޒާޖުގެ މީހުންނެވެ.އަޅުގަނޑުކައިރީގައި ތިބޭއިރު އެކަން ބޮޑުކަމަށްފާހަގަ ކުރެވެއެވެ.ލަދުރަކީތާ އެވެ؟ ނޫނީ އިހުތިރާމްގެ ގޮތުންބާއެވެ؟.ނަމަވެސްއޭނާ ތާފާތެވެ.ސާކަރާތުގެބޮޑު މީހެކެވެ.ކީއްކުރަނީތޯ އަހާލީމެވެ؟ ކުޑަކޮށް ލަދުންހުރެޑޮކްޓަރަށް ދައްކަންށޭ ބުންޔެވެ.އަޅުގަނޑަކީވެސްއަދި އޭނަ އަކީ ވެސް ރ އަތޮޅަށް އުފަންދެމީހުންނެވެ.އެހެންކަމުން މާލެ އައުމުގެ ބަދަލުގައިޑޮކްޓަރައް ދައްކަން ނައިފަރަށްބައެއްފަހަރު އައިސް އުޅެއެވެ.އެގޮތުގެމަތިން އޭނަވެސް އައިސް އުޅުނީއެވެ.އޭރުއޭނަގެ ފިރިމީހާ ވެސް ކައިރީ ހުއްޓެވެ.އޭރުދައްތަ އިނީ ބަލިވެއެވެ.ވަހާކަތަކެއްދެއްކުމަށް ފަހު ގަޑިޖެހިއްޖެ އޭ ގުޅާށޭބުނެފައި އޭނަ ގޮސްފިއެވެ.އޭގެހަތަރު ވަރަކަށް މަސްފަހުން އަލުންދިމާވިއެވެ.މާލޭންނެވެ.ވިހަންއައިސް ހުއްޓައެވެ.އޭރުކޮންމެހެން ވަރަކަށް ހުން އާދެއެވެ.އެހެންކަމުންޢާއިލާގެ މީހުން ދައްތަ ހޮސްޕިޓަލްގާއެޑްމިޓް ކުރިއެވެ.އިރާދަފުޅުން ހުންގަނޑު ރަނގަޅުވެ.އަންހެންކުއްޖަކު ވިހައިފިއެވެ.މުޅިޢާއިލާއަށްވެސް އުފާވެރި ވަގުތު ކޮޅެކެވެ.މާގިނަވަގުތު ތަކެއްނުވެ.ނޭވާލުމުގެމައްސަލަތަކެއް އުޅޭތީ ހައްލު ނުހޯދިގެންދައްތަ އައި.ސި.ޔޫއަށް ލައިފިއެވެ.ޢާއިލާގައިބާކީ ތިބި އަންހެން ބޭފުޅުންގެ ހާލުދައްތަ އަށްވުރެން ބޮޑުވެއްޖެ ކަހަލައެވެ.އެހެންވާނެނޫންތޯއެވެ.އެމީހުންނަކީއެކުވެރި ބައެކެވެ.އެކަކުއަނެކަކަށް އަޅާލާ ، ލޯބިވާ ބައެކެވެ.ބާރަދުވަސް ވަންދެން އައި.ޖީ.އެމް.އެޗްހޮސްޕިޓަލްގެ އައި.ސި.ޔޫގައި ބޭއްވިއެވެ.ކުރިއެރުމެއްނުލިބުނެވެ.އެހަންކަމުންދެފަރާތުގެ ޢާއިލާވެގެން ރާއްޖެއިންބޭރަށް ގެންދަން މަސައްކަތްކުރީމެވެ.ކޮޅުނބަށްގެންދިއައީމެވެ.ގެންދިޔަގޮތަށްލީއެޕޯލޯ ހޮސްޕިޓަލްގެ އައި.ސި.ޔޫއަށެވެ.ޚިދުމަތްތައްރަނގަޅުވާނެތީ އަވަހަށް ރަނގަޅުވާނެކަމަށް ބެލީމެވެ.ނަމަވެސްޝިފާއަކި ﷲ ދެއްވާ އެއްޗެކެވެ.އެދުވަސްވަރުވެގެންދިޔައީ އަޅުގަނޑުގެ ޙަޔާތުގައިއައި އެންމެ މާޔުސްވި ދުވަސްތަކަށެވެ.އަޅުގަނޑާއި،ދޮންބޭބެ އަދި ދައްތަގެ ފިރިމިހާވެސްކޮޅުނބުގައި ދައްތައާއި އެކު ތިބީމެވެ.ނުވިތާކަށްއަޅުގަނޑުގެ ޢާއިލާގެ އަންހެން ދައްތައަކާއިފިރިހެން ކޮއްކޮއެއް ކިޔަވަން ކޮޅުނބުގައިތިއްބެވެ.އޭބޭފުޅުންވެސް ގިނަ ވަގުތު ހޭދަކުރަނީ ހޮސްޕިޓަލްގައެވެ.ފަންސަވީސްދުވަސް ވަންދެން އައި.ސި.ޔޫގައި ބޭއްވިއެވެ.ޚަރަދުވެސްބޮޑެވެ.ނަމަވެސްބަޔަކު އެއްވެގެން އުޅެންޏާއި މާބޮޑުކަމަކަށް ނުވާނެކަން އެންމެވެސްޤަބޫލުކުރެއެވެ.ދަންވަންމިއުޅެނީ ދައްތަގެ ފިރިމީހާގެ ޢާއިލާގަވެސްތިބެނީ އެކުވެރި ހިތްވަރުވެސް ގަދަކުދިންތަކެކެވެ.އެހީތެރިކަމާއިއެއްބާރުލުން އޭގެ އެންމެ ފުރިހަމަމިނުގައި ލިބެއެވެ.އެންމެންގެރައްޓެހިންގެ ފަރާތުން ވެސްމެއެވެ.އައި.ސި.ޔޫގައިއޮންނަތާ ފަންސަވީސްވަނަ ދުވަހު ދައްތަނިޔާވެއްޖެއެވެ.ހިތާމައިގެދުވަހެކެވެ.އެކަމުކީއްކުރާނީ ދެއްތޯއެވެ.؟އަޅުގަނޑުމެންނާއި އޭނަގެ އުފަން ދަރިފުޅުއެންމެ ފަހަރަކު ދެކިލުމަށްފަހުދުނިޔެދޫކުރިއެވެ.އަބަދަށްޓަކައެވެ.ކޮޅުނބުގެފަސްގަނޑު ދަށަށް ދިއައީއެވެ.އަމާނާތެއްދޫކޮށްފައެވެ.އަމާނާތާއިދެފަރާތުގެ ޢާއިލާއިން ވެސް ޙަވާލުވެއްޖައީމެވެ.އިރާދަކުރެއްވިއްޔާ ފުރިހަމަ ގޮތުގައިބަލާނަމެވެ.އަމާނާތަކީއެއާމެދު ސުވާލު ކުރެއްވޭ އެއްޗެއްކަންދަންނަމެވެ.މައުލޫބަދަލް ވީ ދެއްތޯ އެވެ ؟ ނަމަވެސްނައިފަރުން މިގޮތަށް ދިމާވީތީ ފާހަގަކޮށްލީއެވެ.

އޮފީސްތަކުގެމީހުންނާ ބައްދަލު ކުރެއްވުމުން ދަތުރުގެބޭނުން ހާސިލު ގާތް ގަނޑަކަށްވީއެވެ.ދަތުރުވެގެންދިޔައީ ގިނަ އެކުވެރިންތަކެއްވެސް ލިބުނުދަތުރަކަށެވެ.އާތަޖުރިބާތަކެއްވެސް ކުރެވުނު ދަތުރަކަށެވެ.ދެވަނަފަހަރަށް ދިއުމުގެ އުންމީދުގައި ޖެހިގެންއައި ދުވަހު ދަތުރު ނިންމާލީމެވެ.

No comments: