އުފަންވީ
ބަޑިބުރާސްފަތީ ގެ އަށް މަސްކުރިންނެވެ.
އުމުރުން
ވީދުވަހެއް ވިއެވެ.
ބޭބެމެން
އޭ ބުނާކަހަލަ ދުވަސްތައް
ލޮލުން ދުށުމުގެ ފުރުޞަތު
ލިބުނެކޭ ދަންނަވާކަށް ނުކެރޭނެއެވެ.
ނަމަވެސް
ތާރީޚުގެ
ލިޔުންތައް
ހޯދާބެލިފައި
ހުރިވަރުން ދިވެހިންގެ ވާހަކަ ، ދިވެހިން
އުޅުނު ގޮތް ، ދިވެހިންގެ ތަހުޒީބުގެ
ވާހަކަތަކުގެ
ވާނުވާ އިނގޭ
ވަރުވާނެ
ތޯއްޗެކެވެ.
ނަމަވެސް
ނޫސްވެރިއަކަށް ނުވަތަ ދިރާސާ ކުރާ
މިހަކަށް ވާވާވަރު ވާނެއެކޭ ދަންނަވަން
އަޅުގަނޑަށް
ނުކެރޭނެއެވެެ.
ނަމަވެސް
ދެހާސް ތިރީހުގެ އަހަރު ތަކުގެ ތެރެއިން
އަޅުގަނޑު ވެސް ދެކެން ބޭނުން ވާ
ކަންތައްތަކެއް
އެބަހުއްޓެވެ.
ނުވަތަ
ދެކެން ބޭނުން ވާ ހުވަފެން ތަކެއް
އެބަހުއްޓެވެ.
މާރޓިން
ލޫދަރ ކިންގް ވެސް ހުވަފެން ތަކެއް ނުވަތަ
އުންމީދު ތަކެއް ކުރިތާއެވެ.
ހުވަފެންތަށް
ތެދަކަށްވެސް
ވިތާއެވެ.
އުންމީދުތައް
ތެދަކަށް ވީއިރު އެތަން ދެކެން ދުނިޔޭގައި
ނެތުމަކީ ތަޤުދީރު
ދެއްތޯއެވެ ؟ އެއީ ދުނިޔޭގެ އެންމެން
ދަންނަ
ބޭފުޅެކެވެ.
ދަންނަ
ހުވަފެންތަކެކެވެ.
އަޅުގަނޑުމެންގެ
ރާއްޖެއިން ވެސް ތަފާތު މީހުން ، ތަފާތު
ޝަހުސިއްޔަތުން
ް އުންމީދުތައްކޮށްފައި
ހުންނާނެ ތާއެވެ.
އަލްމަރުޙޫމް
ނައިފަރު ދޮހޮއްކޮބެ
އެއީ އެކަކެވެ.
“ ނާސިރުގެ
ވެރިކަން ވެސްދުށީމެވެ.
ދެން
އެންމެ ބޭނުންވާނީ މިނޫން ވެރިކަމެށް
ދުށުމެވެ."
ދޮހޮއްކޮބެ
އެންމެ ދެކެން ބޭނުން ވާ ދުވަހެއް ހާމަ
ކުރަމުން އޭރުގެ ވެރިކަމާ ދިމާލަށް
ނިސްބަތްކޮށް
ބުނިވާހަކަ އަޑު އެހީމެވެ.
ހުވަފެން
ތެދަކަށްވެއްޖެތާއެވެ.
ކުރިން
ބުނިހެން އުންމީދުތައް
ތެދަކަށް ވީއިރު އެތަން ދެކެން ދުނިޔޭގާ
ނެތުމަކީ ތަޤުދީރު
ތާއެވެ.
މިދެންނެވީ
އަޅުގަނޑު ދެކޭ ގޮތުންނަމަ ބިނާކުރަނިވި
ހުވަފެންތަކެއް
ބެލި ބޭފުޅުންކޮޅެއްގެ
ވާހަކައެވެ.
އެހެން
ކަމުން އަޅުގަޑަށްވެސް އުންމީދު ތަކެއް
ކުރެވިދާނެތާއެވެ.
ނުވަތަ
ހުވަފެންތަކެއް
ބެލިދާނެތާ އެވެ.
މިދަންނަވާނީ
އެއްގޮތަކަށްވެސް އަޅުގަނޑަކީ އެބޭފުޅުންނާ
އެއްވަރުގެ މީހެކޭ ނޫނެވެ.
މި
ހަމަ
އާދައިގެ
ދިރިއުޅުމެށް އުޅޭ އާދައިގެ
މީހެކެވެ.
ނަމަވެސް
މިވާހަކަތައް
ބޭރު ކުރުމަށް ޝައުޤުވެރުވީތީ
ބޭރުކުރެވޭތޯ
ބަލާނަމެވެ.
ފަހަރުގައި
އެންމެ ޢިލްމީ
ނުވެދާނެއެވެ.
ބަހުގެ
ހަމަތައް
އެެންމެ ފުރިހަމަ ނުވަދާނެއެވެ.އެހެން
ކަމުން މިކަންތައްތަކާއި
މެދު ވިސްނާ
ބޭފުޅުންގެ ފަރާތުން
މަޢާފަށް
އެދެމުން އަޅުގަނޑުގެ ލިޔުން
ކުރިއަށް ގެންދާނަމެވެ.