މިއަދު
އަޅުގަނޑުގެ
އާދައިގެ ގަލަން މި ނެގީ ހަޤީގަތުގައިވެސް
ވަރަށް ވަރުގަދަ ޝަޙުސިއްޔަތެއްގެ
ވާހަކަ ލިޔުމުގެ
ވިސްނުމެއްގަވެ.
މީގެ
އެތައް
ދުވަހެއް
ކުރިންވެސް ހަމަ މިވިސްނުމުގައި ،
މިޚިޔާލުގައި،
ދިވެހި ގުލްޒާރުގައި ގަލަމަކަށް ނުވާ
އަޅުގަނޑުގެ މިގަލަން އެތައްކެއް ފަހަރު
ނެގީމެއެވެ. ނަމަވެސް
ހަމަ ލިޔަން
ނުކެރިގެން
ކޮންމެ ފަހަރަކުވެސް
ބަހައްޓަނީ އެވެ.
އެއްގޮތަކަށް
ވެސް ބިރަކުންނޫނެވެ.
އެބޭފުޅަކަށް
ކުރާ ޤަދަރަކާއި
އިޚްތިރާމެއްގެ
ބޮޑުކަމުންނެވެ.
މިހެން
ދެންނެވިޔަސް
މިލިޔަން
އުޅޭ ބޭފުޅާއާއި
ދުވަހަކުވެސް
ބައްދަލުވެފައެއް ނެތެވެ.
މިހެންކަމުން
މިއީ އަޅުގަނޑު ވަރަށް
ބައްދަލުކޮށްލަން
ބޭނުންވާ ޝަހުސިއްޔަތެކެވެ.
އުންމީދަކި
ބައްދަލުކޮށްލަން
ލިބުމެވެ.
Monday, April 15, 2013
Sunday, July 22, 2012
ކޮލެޖް ކުދިންނާ ދީމާވީ މިހެންނެވެ ...2
އަޅުގަނޑުގެ
ފަހަތުން ކްލާހަށް ސޮރަކު އައިސް
ވަންތަންފެނުނެވެ.
ވީއުފަލެއްވެސް
ނޭންގުނެވެ.
އެއްގޮތަކަށްވެސް
ނުބައި މާނައެއް ނުނަންގަވައްޗެވެ.
ދަންނަ
ރަހުމައްތެރިއެކެވެ.
ކުރީގެ
ކްލާސް ވެސް ކުއްޖެކެވެ.މަސައްކަތުގެ
ދާއިރާގައިވެސް ދަންނަ ރަހުމަތްތެރިއެކެވެ.
އެހެން
ގޮތަކަށް ބުނަނީނަމަ އެއްޗެތި އެއްޗެތީގެ
އަގު ބަލަން ވަރަށް ޝައުގުހުންނަ
ރަހުމަތްތެރިއެކެވެ.
ފަހަރުގައި
އުޅެފަހުރި ދާއިރާގެ ސަބަބުން އެޝައުޤު
ހުންނަނީ ކަމަށް ވެދާނެއެވެ.
އެއީ
އިބޫ އެވެ.މަޖާ
މިޖާޒެއްގެ ރަޙުމަތްތެރިއެކެވެ.
އަދި
ގާތް މީހުންނާ ދިމާކޮށް ހެދުމުގެ ވެސް
ނަމޫނާ އެކެވެ.
ކޮންމެއަކަސް
އަޅުގަނޑުމެން ދެމީހުންގެ ވަރަށް އެއްގޮތް
ކަންތައްތަކެއް ހުރެއެވެ.
ހަމަ
ޔަޤީނުންވެސް އައިސް ތިބި އެޑްވާންސް
މެތްސް ކްލާހަކީ ދެމީހުންވެސް އިންތިހާ
ދަރަޖައަށް ފޫހިވާ ކްލާހެކެވެ.
ކުރުކޮށް
ދަންނަވަންޏާމުން ކޮލެޖުން އެންމެ
ފަހުވަގުތު ބޮލުގައި އެޅުވި ބޮޑު
ދުއްތުރާއެކެވެ.
މިހެން
މިދެންނެވީ ކުރިން އެމާއްދާ ކިޔަވަން
ޖެހޭނެ ވާހަކައެއް ނުބުނެއެވެ.
ކޮންމެއަކަސް
ކްލާހުގައި ލެކްޗާރ ކުރިއަށްގެންދާތީ
ދެމީހުންގެ ވާހަކަތައް މަދުކޮށްލީމެވެ.
ހިވާގޮތުން
ކިތަންމެ ގިނައިރަކުވެސް ކިޔަވައި
ދިފާނެއެވެ.
ލެސަން
ގެންދަނީ ނުހަނު ފޯރީގައެވެ.
Monday, July 16, 2012
މިގަލަމުން ތި ހަދާން ...
މިގަލަމުން
ނޫންނަމަ މިދުލުން މާމަގެ
ވާހާކަ ދައްކަން އޫޅޭތާ އެތަކެއް ދުވަހެއް
ވެއްޖެއެވެ.
ނަމަވެސް
ކުރާނީ ކީއްތޯއެވެ.
ގަލަމުގައި
ދެލި ހުއްޓަސް،
އަތުގައި
ނުވަތަ ސިކުނޑީގައި
އެ ހިއްވަރު ނެތިޔާމުން
ކުރާނީ ކީއްތޯއެވެ.
މާމާއެވެ.
ހަމަ
ޔަޤީނުންވެސް
ތިޔަ ދިޔައީ އަޅުގަނޑުމެން ރޮއްވާފައެވެ.
މާމަ
ނެތުމުގެ އިހުސާސް އަޅުގަނޑުމެން
ކުރަމުއެވެ.
އަދި
އަބަދުވެސް ކުރާނަމެވެ.
ތިޔަހަދާނުގައި
މި
ލޯތަކުން
ކަރުނައިގެ އަސަރު ތާ އަބަދުހުއްޓަކަސް،
އަޅުގަނޑުމެން މާމައަށްޓަކައި އުފާކުރަމެވެ.
ތިޔަ
ދިޔައީ މާމައެއްގެ ވާޖިބު ވަރަށް ފުރިހަމަ
ގޮތުގައި އަދާކޮށްފައެވެ.
މިހިތުގައި
އެއްވެސް ޝަކުވާއެއް
ނެތެވެ.
އެހެނީ
ހަނދާންހުންނަން
ފެށީންސުރެއް
މާމައަކީ ދިނީ ކަންކަމަށް
ލޯބި ކުރާ އަޅުކަމުގައި ވެސް އުޅުއްވި
މާމަ
އެކެވެ.
ރައްޓެހިންނަށް
ކާމޭހިތި މާމައެކެވެ.
އަދި
ރިވެތި އަޙްލާޤަށް
ލޯބި ކުރި،
އޫސޫލްތަކެއް ގެންގުޅުއްވައި އެ
އުސޫލްތަކުގައި ހިފެހެއްޓެވި،
ތިއައީ އަޅުގަނޑުމެންގެ މާމައޭ ބުނަަަނަން
ފަޚްރުވެރިވާ
މާމައެކެވެ.
އެހެންކަމުން
ކުރާނެ ޝަކުވާއެއް
ނޫނީ ހާކާނެ
ބޮޑަލެއް މިއަދަކު ނެތެވެ.
Tuesday, July 10, 2012
ކޮލެޖް ކުދިންނާ ދީމާވީ މިހެންނެވެ ...1
ތައުލީމް
ހާސިލްކުރުން ނުވަތަ ކޮލެޖް ގުރެޖްއޭޓްއަކަށް
ވުމަކީ ކޮންމެ ކުއްޖަކުވެސް ބޭނުންވާނެ
ކަމެކެވެ.ނޫންނަމަ
ޒަމާނަށް ބަލަންޔާ ވާޖިބެކޭ ވެސް
ބުނެވިދާނެއެވެ.
ހަމަ އެއާއެކު
ކޮލެޖްގައި ކިޔަވަމުން
އެދާ ދުވަސްތަކަކާއި އެދިމާވާ އެކުވެރިންނަކީ
ވަރަށް މުހިންމު ބައެކެވެ.
އަދި
ޒަމާންތަކަކަށް އަޅުގަނޑުމެން ދައްކާނެ
ވާހަކަތަކެކެވެ.
ނޫންނަމަ
އަޅުގަނޑުމެންގެ ދަރިން ނުވަތަ ކާފާ
މާމަ ދަރިންނަށް ކިޔައިދޭން ރައްކާކުރާ
ވާހަކަތަކަށް ބައެއްފަހަރު
ވެފައިހުރެއެވެ.
މިހެންދެންނެވިޔަސް
އަޅުގަނޑު މިދެންނެވި ގޮތަށް ކަންތައްކުރާ
ހިތެއްނުވެއެވެ.
ސަބަބަކީ
އަޅުގަނޑު މުސްކުޅިވުމުން
ދުވަސްތައް ހޭދަކުރާ
ހިތްއޮތީ ބަސްމަދުކޮށް އަދި އަމަލު
ގިނަކޮށެވެ.
އެއްވެސް
ހާލެއްގައި ކާފަދަރިއަށް "
އަނގަ ގަދަ
ކާފަ ގަނޑެކޭ "
ބުނުމުގެ
ފުރުސަތު ދޭކަށް ގަސްތެއް ނުކުރަމެވެ.
އަޅުގަނޑަކީވެސް
ކުޑައިރު ބައްޕަ ކިޔާދެއްވާ
ވަހާކަތަކަށް ސަމާލުކަން ދޭމިހެއްކަމުން،
ހިވާގޮތުގައި އަޅުގަނޑަށް
ލިބޭ ކުދިން ގައިގަވެސް އެ ޝަޢުގުވެރިކަން
ހުރެދާނެހެނެވެ.
ސަބަބަކި
އެބޭފުޅުން ބުނާހެން "
އަލަގަހަކުން
ކެޔޮނިރެއް ނުފާޅާނެއެވެ".
ނޫންނަމަ ލިބޭ
ކުދިންގެ ސިޔާސަކަމުން
އެކުދިންނަށް ވާހަކައެއް
ކިޔަދޭން އެދުމުން،
ވާހަކަ ނުކިޔާދީގެން
އަޅުގަނޑުގެ މުންޑުގަނޑަށް
ދާމައި ބޭލިޔަ
ނުދިނުމުގެގޮތުންނާއި އެކުދިންނަށް
އެވާހަކަ ނުކިޔާދީގެން
އަޅުގަނޑުގެ މުސްކުޅި އުމުރުގައި
އަނބިކަބަލުން ކޮޓިރިއަށް
ނުވައްދައިގެން
ސިޓިންގްރޫމުގައި ނުވަތަ
ގެއިންބޭރުގައި ނިދަަން ޖެހިދާނެއެވެ.
މިހެން
މިދެންނެވީ ގިނަފަހަރަށް
އާންމުދިރިއުޅުމުގައިވެސް
މިއުޅެނީ އެކަބަލުންގެ މޫޑް ހުންނަގޮތް
ނޭގިގެންނެވެ.
އެހެންކަމުން
އަދި އުމުރުން ދުވަސްވީމަ ވާނެގޮތް
ނުވަތަ ކޮއްލާނެވަރެއް
ނޭންގޭނުންތޯއެވެ؟.
ވުމާއެކު
ކުރިން ދެންނެވި ސަބަބުތަކަކައްޓަކައި،
ބަސްމަދުކޮށް އަދި އަމަލު ގިނަކުރުމުގެ
ގޮތުން "
އެކުދިންނާއި
ދިމާވި ގޮތް "
ކުރީބައިގައި
ލިޔެލާނަމެވެ.
ބަސްބުނުމުގެ ކުރިން
ބަހަކީ އަހަރުމެންގެ އަޅެކެވެ.
ހަމައެއާއިއެކު
ބަސްބުނުމަށްފަހު އަހަރުމެންނަކީ ބަހުގެ
އަޅެކޭ ބުނާތީ އަހަމުއެވެ.
އެހެންކަމުން
ކޮލެޖް ކުދިންނާ ދިމާވީ މިހެން ލިޔަމުން
ދާއިރު އެ ރަހުމަތްތެރިންގެ އަސްލު
ނަމުގެ ބަދަލުގައި ބޭނުންކުރަން
ގަސްތުކުރަނީ އެހެންނަމެކެވެ.
ފުރަތަމަ ދުވަހު
ކޮލެޖަށް ވަދެގެން ދިޔައިރު
ފުރަތަމަވެސް އަޅައިގަތީ ކުލަގަދަ ރިތީ
ކަމެއްގައެވެ.
އެކަން ވާނިީ
ވެސް އެހެންނޫން ތޯއެވެ.ރީތި
ހަމަ ރީތީ އެވެ.
ކޮންމެއަކަސް
ފުރަތަމަދުވަހު ކްލާހަށް ގަޑި
ޖެހިގެން ދާކަށް ނުވާނުންތޯއެވެ.
އެހެންކަމުން
އަބަދުވެސް ހަދާހެން ރީތި
ރީތި ގޮތުގައި ދޫކޮށްލާފައި
ކްލާހަށް ދިއައީމެވެ.
އެހާކުރިން
ދިޔައިރުވެސް ކްލާހުގައި
ސާޅީހަކަށް ކުދިން ތިއްބެވެ.
ކްލާހަކަށް
ކުރިއަކަށް ނާދެވުނެއްނޫންހޭ
ހިތަށް އެރިއެވެ.
އެއިރުގައި
ލެކްޗަރާވެސް ހުރީ ކްލާހަށް
ދުރުވެއެވެ.
ލެކްޗަރާ
ފެނިފައި ނަސީބެކޭ ހިތަށް
އެެރިއެވެ.
އެހެންހިތަށް
އެރީ އެއްގޮތަކަށްވެސް ލެކްޗަރާއަކީ
ފިރިހެނަކަށް ވީމައެއްނޫނެވެ.
ލެކްޗަރާއަކީ
ހަމަ އަންހެން ބޭފުޅެކެވެ.
ނަމަވެސް
ކުޑަތަންކޮޅެއް އުމުރުން ދުވަަަސްވެފައި
ހުރީއެވެ.
ނޫންނަމަ
ޅައުމުރުހެން ލެކްޗަރާ
ވެސް ހުރަހަކަށްވުން
ހަމަގާތެވެ.
ނަމަވެސް
ނަސީބަކުން އެ ކުލާހަކީ މެތްސް
ކްލާހެކެވެ.
އެހެންކަމުން
އެ ލެކްޗަރާ ހުރަހަކަށްވާނެ
ހަމަ އެއްގޮތެއް ވެސް ނުހުންނާނެއެވެ.
ސަބަބަކީ
ފެށުނީއްސުރެއްވެސް
މެތްސްއަކީ ހަމަ ބޮޑުވެގެންވާ
ހަތުރެކެވެ.
ކޮންމެއަކަސް
ކްލާހުގެ އެންމެ ފަހަތުގައި
ފޫހިކަމާއެކު ގޮސް އިށީނީމެވެ.
ވަށައިގެން
ކްލާސްތެރެއަށް
ބަލާލީމެވެ.
ދަންނަ
މީހަކު ފެންނާކަށްނެތެވެ.
ނަމަވެސް
ޤައުމު ކުދިން ތިބިހެންހީވެއެވެ.
ލެކްޗަރާ ކިޔާ
އެއްޗަކަށް ހަމަ އެއްގޮތަކަށްވެސް
ސަމާލުކަންދެވޭ ވަރެއްނުވިއެވެ.
މެތްސްއަކީ
އެންމެ ކުރިންވެސް މަކަރު ހަދާ
މާއްދައެކެވެ.
އަދި ބޮޑުވެގެން
މަކަރުހަދަން ދަސްވީމާ
ކިހާ މަކަރެއް ހަދާލެވޭނެ
ނޫންތޯއެވެ.
ކޮންމެއަކަސް
އަޅުގަނޑުގެ ފަހަތުން
ކްލާހަށް ސޮރަކު އައިސް
ވަތްތަންފެނުނެވެ.
ވީއުފަލެއްވެސް
ނޭންގުނެވެ.
އެއްގޮތަކަށްވެސް
ނުބައި މާނައެއް ނުނަންގަވައްޗެވެ.
ދަންނަ
ރަހުމައްތެރިއެކެވެ.
ކުރީގެ ކްލާސް
ވެސް ކުއްޖެކެވެ.މަސައްކަތުގެ
ދާއިރާގައިވެސް ދަންނަ
ރަހުމަތްތެރިއެކެވެ.
އެހެން ގޮތަކަށް
ބުނަނީނަމަ އެއްޗެތި
އެއްޗެތީގެ އަގު ބަލަން
ވަރަށް ޝައުގުހުންނަ
ރަހުމަތްތެރިއެކެވެ.
( ނުނިމޭ
)
Friday, December 30, 2011
އަޅުގަނޑުގެ ގަލަމުން ؟ 203
އުފަންވީ
ބަޑިބުރާސްފަތީ ގެ އަށް މަސްކުރިންނެވެ.
އުމުރުން
ވީދުވަހެއް ވިއެވެ.
ބޭބެމެން
އޭ ބުނާކަހަލަ ދުވަސްތައް
ލޮލުން ދުށުމުގެ ފުރުޞަތު
ލިބުނެކޭ ދަންނަވާކަށް ނުކެރޭނެއެވެ.
ނަމަވެސް
ތާރީޚުގެ
ލިޔުންތައް
ހޯދާބެލިފައި
ހުރިވަރުން ދިވެހިންގެ ވާހަކަ ، ދިވެހިން
އުޅުނު ގޮތް ، ދިވެހިންގެ ތަހުޒީބުގެ
ވާހަކަތަކުގެ
ވާނުވާ އިނގޭ
ވަރުވާނެ
ތޯއްޗެކެވެ.
ނަމަވެސް
ނޫސްވެރިއަކަށް ނުވަތަ ދިރާސާ ކުރާ
މިހަކަށް ވާވާވަރު ވާނެއެކޭ ދަންނަވަން
އަޅުގަނޑަށް
ނުކެރޭނެއެވެެ.
ނަމަވެސް
ދެހާސް ތިރީހުގެ އަހަރު ތަކުގެ ތެރެއިން
އަޅުގަނޑު ވެސް ދެކެން ބޭނުން ވާ
ކަންތައްތަކެއް
އެބަހުއްޓެވެ.
ނުވަތަ
ދެކެން ބޭނުން ވާ ހުވަފެން ތަކެއް
އެބަހުއްޓެވެ.
މާރޓިން
ލޫދަރ ކިންގް ވެސް ހުވަފެން ތަކެއް ނުވަތަ
އުންމީދު ތަކެއް ކުރިތާއެވެ.
ހުވަފެންތަށް
ތެދަކަށްވެސް
ވިތާއެވެ.
އުންމީދުތައް
ތެދަކަށް ވީއިރު އެތަން ދެކެން ދުނިޔޭގައި
ނެތުމަކީ ތަޤުދީރު
ދެއްތޯއެވެ ؟ އެއީ ދުނިޔޭގެ އެންމެން
ދަންނަ
ބޭފުޅެކެވެ.
ދަންނަ
ހުވަފެންތަކެކެވެ.
އަޅުގަނޑުމެންގެ
ރާއްޖެއިން ވެސް ތަފާތު މީހުން ، ތަފާތު
ޝަހުސިއްޔަތުން
ް އުންމީދުތައްކޮށްފައި
ހުންނާނެ ތާއެވެ.
އަލްމަރުޙޫމް
ނައިފަރު ދޮހޮއްކޮބެ
އެއީ އެކަކެވެ.
“ ނާސިރުގެ
ވެރިކަން ވެސްދުށީމެވެ.
ދެން
އެންމެ ބޭނުންވާނީ މިނޫން ވެރިކަމެށް
ދުށުމެވެ."
ދޮހޮއްކޮބެ
އެންމެ ދެކެން ބޭނުން ވާ ދުވަހެއް ހާމަ
ކުރަމުން އޭރުގެ ވެރިކަމާ ދިމާލަށް
ނިސްބަތްކޮށް
ބުނިވާހަކަ އަޑު އެހީމެވެ.
ހުވަފެން
ތެދަކަށްވެއްޖެތާއެވެ.
ކުރިން
ބުނިހެން އުންމީދުތައް
ތެދަކަށް ވީއިރު އެތަން ދެކެން ދުނިޔޭގާ
ނެތުމަކީ ތަޤުދީރު
ތާއެވެ.
މިދެންނެވީ
އަޅުގަނޑު ދެކޭ ގޮތުންނަމަ ބިނާކުރަނިވި
ހުވަފެންތަކެއް
ބެލި ބޭފުޅުންކޮޅެއްގެ
ވާހަކައެވެ.
އެހެން
ކަމުން އަޅުގަޑަށްވެސް އުންމީދު ތަކެއް
ކުރެވިދާނެތާއެވެ.
ނުވަތަ
ހުވަފެންތަކެއް
ބެލިދާނެތާ އެވެ.
މިދަންނަވާނީ
އެއްގޮތަކަށްވެސް އަޅުގަނޑަކީ އެބޭފުޅުންނާ
އެއްވަރުގެ މީހެކޭ ނޫނެވެ.
މި
ހަމަ
އާދައިގެ
ދިރިއުޅުމެށް އުޅޭ އާދައިގެ
މީހެކެވެ.
ނަމަވެސް
މިވާހަކަތައް
ބޭރު ކުރުމަށް ޝައުޤުވެރުވީތީ
ބޭރުކުރެވޭތޯ
ބަލާނަމެވެ.
ފަހަރުގައި
އެންމެ ޢިލްމީ
ނުވެދާނެއެވެ.
ބަހުގެ
ހަމަތައް
އެެންމެ ފުރިހަމަ ނުވަދާނެއެވެ.އެހެން
ކަމުން މިކަންތައްތަކާއި
މެދު ވިސްނާ
ބޭފުޅުންގެ ފަރާތުން
މަޢާފަށް
އެދެމުން އަޅުގަނޑުގެ ލިޔުން
ކުރިއަށް ގެންދާނަމެވެ.
Wednesday, December 28, 2011
ދަތުރު ވެރިއެއްގެ ގަލަމުން ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރު
އަޅުގަނޑަކީ
ވެސް ރާއްޖެ ޒަމާނީ ޑިމޮކްރަސީގެ
ދޯނި ދުއްވަން ފެށީންސުރެން
އެދޯނީގައި އިން ދަތުރުވެރިއަކީމެވެ.
ފަޅުވެރި
އެއްނޫނެވެ.
ދޯނީގެ
ވެރިންގެ ތެރެއިންވެސް ވާ މީހެއްނޫނެވެ.
ނުވަތަ
އެ ދޯނި ދުއްވަމުން ދިޔައީ
ރަނގަޅަށްތޯ
ނުވަތަ ނޫންތޯ ބަލަމުން ދިޔަ
މީހުންގެ ތެރެއިން ވީމީހެއްވެސް ނޫނެވެ.
ކުރިން
ދެންނެވިހެން ހަމަ އެކަނި ދަތުރުވެރި
އެކެވެ.
މިހެން
މިދެންނެވީ އަޅުގަނޑުގެ ގަބޫލްކުރާގޮތުގައި
ރާއްޖޭގެ ޑިމޮކްރަސީގެ
ދޯނި މިހާ ހިސާބަށް އާދެވިފައި
މިހުރީ އެންމެހައި ރައްޔިތުންގެ
މަސަތްކަތުންނެވެ.
އެހެންވުމާއިއެކު
ދަތުރުވެރިންގެ
ހައްޤު ނުލިބެން ވީ އެއްވެސް ސަބަބެއް
އޮތް ކަމަކަށް އަޅުގަނޑު ނުދެކެމެވެ.
ރާއްޖެއިގެ
ޒަމާނީ ޑިމޮކްރަސީގެ ދޯނި ދުއްވަން ފެށީ
އަޅުގަނޑުގެ ފުރާވަރުގެ ދުވަސް ވަރުގައެވެ.
ނުވަތަ
ދަރުމަވަންތަ ސުކޫލް ގައި އަޅުގަނޑު
ސެކަންޑަރީ ތައުލީމް
ހާސިލް ކުރަމުން ދިޔަ ދުވަސް ވަރުގައެވެ.
ކަންދިމާ
ކުރިގޮތުން އަޅުގަނޑުގެ ކުލާހުގައި ތިބީ
ވެސް ހަލަބޮލި ، މޮޅެތި ކުދިންނެވެ.
އަދި
ރާއްޖޭގެ މަޝްހޫރު
އަދި އިލްމީ ގޮތުންވެސް ފުންނާބު އުސް
ބެފުޅުންގެ ކުދިންނެވެ.
އެހެން
ކަމުން އެކުދިން އެވާހަކަ ދައްކާ
ހަދައެވެ.
ނަމަވެސް
ސިޔާސި ނުވަތަ ޑިމޮކްރަސީ އަކީ
އަޅުގަނޑު މާފަރިތަ ނުވަތަ ދަންނަ
ކަންކަމެއް ނޫނެވެ.
ނަމަވެސް
އަޅުގަނޑު ވެސް ކުލާސް ކުދިންނާއެކު
އެވާހަކަ ތަކުގައި ބައިވެރިވެ ހަދަމެވެ.
މާ
ބޮޑު ތައުލީމެއް ނުވަތަ
އެއްޗިސްތަކެއް އެނގިގެނެއް
ނޫނެވެ.
ރާއްޖޭގެ
އެހެން މީހުންނެކޭ އެއްފަދަ އިންނެވެ.
ކުލާހުގެ
ގިނަ ކުދިންނާ ތަފާތުކޮށް،
އަޅުގަނޑާއި އަޅުގަނޑުގެ އެންމެ އެކުވެރިޔާ
ވީ އެވާހަކަތައް ދައްކާ
ދެމީހުންނަށް ވުރެއް
ބޮޑަށް އަޑުއަހާ ދެމީހުން ނަށެވެ.
ފަހަރުގައި
އަޅުގަނޑަމެން ނަށް ނޭގެނީ ތޯއްޗެކެވެ.
Friday, December 9, 2011
ޖަސްޓިން ބީބާރ އާއި ބެހޭ ގޮތުން ފާލު ބަލާނީ ހަމަ ޔަޤީނުންވެސް ބޮޑު ވަރުވީމައެއް ނޫން ވީމަ ތާއެވެ ؟؟
އެކިމީހުންގެ
ޝައުޤު
ހުންނަނީ އެކި
ކަންކަމަށް ދެތްތޯއެވެ.
އެކި
މީހުން ސަޕޯރޓް ކުރާނީ
އެކި މީހުންނަށެވެ.
މައްސަލައެއް
ނެތެވެ.
ނަމަވެސް
ދަންނަވަން މިއުޅެނީ
އާދައިގެ
ކަމެއްގެ
ވާހަކައެއް ނޫނެވެ.
މީގެ
ދުވަސް ކޮޅެއް
ކުރިން އެކުވެރި ދެކުއްޖަކު
ގެނެސްދޭ ޓޯކް ޝޯއެއްގައި
ޖަސްޓިން ބީބާރގެ މައްޝޫރުކަމުގެ
ވާހަކަ އެކުދިން
ދެއްކި އަޑު އެހީމެވެ.
ސާފް
ޗެމްޕިއަންޝިޕް
2011 ސެމީ
ފައިނަލް މެޗުން ރާއްޖެ އިންޑިއާ އަތުން
ބަލިވުމުން އެކަމުގެ މޮޅިވެރިކަމުގައި
އިންދާ ޖަސްޓިން ބީބާރ އޭ ކިއައިގެން ގޭ
ތެރޭގައި ވާހަކަ
ދައްކާ
އަޑު އެހީމެވެ.
އެކަމަކުވެސް
މީ މިވަރުގެ ކަމެއްކަން
ނުދެނަހުރީމެވެ.
ފާލުބެލީއެވެ.
އާއެކެވެ.
އަންހެންކުއްޖަކު
ޖަސްޓިން ބީބާރ އާއި ދިމާވޭތޯ ފާލެއް
ބެލީއެވެ.
އެއީ
ދިވެހި
ކުއްޖެކެވެ.
ގެއަށް
މިހަކު ގެނެސްގެން އެބޭފުޅާއަށް ލާރިކޮޅެއް
ދީގެން ހަމަ އެކަން
ކުރީއެވެ.
އެކުއްޖާ
ޖަސްޓިން ބީބާރއަށް ކުރާ ތާއިދެއްގެ
ބޮޑުކަމުން
ކަންނޭންގެއެވެ.
އަޅުގަނޑު
ހިނިގަނޑެއް
ޖަހާލުން ފިޔަވާ އިތުރު ކަމެށް ނުކުރަމެވެ.
ތިޔަބޭފުޅުން
ކުރަށްވާނެކަމެށް ނުވަތަ ކުރާނެކަމެށް
އިގޭނީ ހަމަ ތިޔަބޭފުޅުންނަށެވެ.
އަޅުގަނޑަކަށް
ޒިންމާއެއް ނުނެގޭނެއެވެ.
Subscribe to:
Posts (Atom)

